ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ - އުމަރު

ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހެ ހުރިހާ ފިޔަވަޅެއް ސަލާމަތީ ބާރުތަކުން އަޅާނެ ކަމަށާއި، އެވަގުތު ތަކުގައި ފުލުހުންނާއި ސިފައިންގެ މަަސައްކަތައް ޢާންމުންގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެދިލައްވާކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މުލީއާގެ ސަރަހައްދުން މިއަދު އައިއީޑީޢެއް ފެނުމާއި ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ހޯމް މިނިސްޓަރ ވިދާޅުވީ "ބައެއްފަހަރަށް ހަމަ ދޭތެރެ ދޭތެރެއިން މިކަހަލަ ތަކުލީފުތައް ޖެހިދާނެ" ކަމަށާއި މިފަދަ ޙާލަތްތަކުގައި ރައްޔިރުންގެ އެއްބާރުލުން ސަލާމަތީ ބާރުތަކަށް ބެނުންވާނެކަމަށެވެ.
މާފަންނު ސްޓޭޑިއަމް އަށް އެ "ޑިވަސް" ގެންގޮސް، އެއީ ގޮވާ ޒާތުގެ އެއްޗެއްތޯ ކަށަވަރުކުރުމަށް ސަލާމަތީ ބާރުތަކުން ވަނީ އެތަނުގައި ހަރަކާތްތެރިވެފައެވެ.
އެމްއެންޑީއެފް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހްސާން ވިދާޅުވީ ބުނީ މުލީއާގެ ކައިރިން ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުގައި ޕާކް ކޮށްފައި އޮތް ވެހިކަލެއްގައި އައިއީޑީއެއް ހަރުކޮށްފައިވާކަމަށާއި އޭތި މިހާރު ޑެފިއުސް ކުރެވިފައިވާކަަމަށެވެ.
އެ އައިއީޑީގެ ތެރޭގައި ސްޓިކް ޑައިނަމައިޓެއް އޮތް ކަމަށާއި، އައިއީޑީގެ ބޭރުގައި ޓީޝާޓަކާއި ކޮތަޅެއް އައްސާފައި އޮތް ކަމަށްވެސް ކެޕްޓަން އިހްސާން ވިދާޅުވިއެވެ. އަދި އޭގައި އެންޓަނާއެއް ހަރުކޮށްފައި ހުރި ކަމަށާއި، އެ ހަދާފައި އޮތީ ބަޔަކު ދުރުގައި ތިބެގެން ރިމޯޓަކުން ގޮއްވާލާ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައިއީޑީ ޑިފިއުސް ކުރެވިފައިވާ އިރު، ސިފައިން މިހާރު ދަނީ ޑައިނަމައިޓް ޑިފިއުސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާފިޔަވަޅެއް ސަލާމަތީ ބާރުތަކުން އަޅަމުން ގެންދާނެކަމަށް ކެޕްޓަން އިހްސަންވެސް ވަނީ މިރޭ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ