ދެއްވަދޫއަށް ހޮނުއަޅައި ކަރަންޓް ސާމާނުތައް އެކީއެކަށް ހަލާކު!

ގއ. ދެއްވަދޫ އަށް މިއަދު ހަވީރު ހޮނުއަޅައި ގެތަކުގައި ކަރަންޓް ސާމާނުތައް މުޅިންހެން ހަލާކުވެއްޖެ އެވެ.
އެރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝަފީގް މިއަދު ވިދާޅުވީ ހަވީރު 5:00 ޖަހާކަށް ހާއިރު އެރަށައް ބާރު ގުގުރިއެއް ޖަހާ ހޮނުއެޅީ ރަށުގެ އިރުމަތީ ފަރާތައް ކަމަށާއި ހޮނާ އެކު މުޅި ރަށުން ވަގުތުން ކަރަންޓް ކެޑި ގިނަ އިލެކްޓްރޯނިކް ސާމާނު ހަލާކުވެފައިވާ ކަމަށެވެ.
"ބޮކިތައް ދިއްލާފައި ހުރި ގޭގޭގައިވެސް ބޮކިތައް ހަމަތަޅައިގެން ގޮސް ފައިބާފައި ހުރީ. ހުރިހާ ޓީވީތައް ކަހަލަ ގޮތަކައް ހުރީ ހަލާކުވެފައި. އެގޮތުން ގިނަ ގޭގޭ ހުރިހާ އިލެކްޓްރޯނިކް އެއްޗެއްހެން ހުރީ ހަލާކުވެފައި،" ޝަފީގް ވިދާޅުވި އެވެ.
ކުއްލިއަކަށް ހޮނުއެޅީއިރު މިއަދު ހެނދުނުން ފެށިގެން އެރަށައް އަންނަނީ ވިއްސާރަކުރަމުންނެވެ. ސައްވީސް ގަޑިއިރު ކަރަންޓް ހުންނަ އެރަށުން އެ ވަގުތު ކަރަންޓް ދިޔަނަމަވެސް މިހާރު ކަރަންޓްގެ ހިދުމަތް ކުރިއެކޭވެސް މުޅި ރަށައް ލިބޭ ކަމައްވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ހޮނުގެ ސަބަބުން އެރަށައް ލިބުނު ގެއްލުންބަލައި ކައުންސިލަށް ވެދެވެން އޮތް އެހީއެއް ވެދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން މާދަމާ އޮފީސް ހުޅުވުނީމައި އެ ގެއްލުންތައް ބަލައި ހިސާބު ކުރާނަން. އޭރުން މުޅިން ވީގެއްލުމެއް ސާފުވާނީ،" ޝަފީގް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ