ގާސިމް މިނިވަންވުމަކީ ލިބުނު ހިތްވަރެއް: ރައީސް ނަޝީދު

ޝަރުތުތަކަކާއެކު ނަމަވެސް ގާސިމް އިބްރާހީމް ބަންދުން މިނިވަންވުމަކީ ލިބުނު ހިތްވަރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވީ ގާސިމް ބަންދުން ދޫކޮށްލުމާއި ގުޅިގެން ރޭ ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ނަޝީދު ވިދާޅުވީ ޝަރުތުތަކަކާއެކު ނަމަވެސް ބަންދުން ދޫވުމުން އުފާ ކުރައްވާ ކަމަށެވެ. Sharuthuthakaa ekuves Hon. Gasim Ibrahim jaluge kuda golhin salaamaiy vaagoiy vumakee libune ufaleh adhi hivvareh— Mohamed Nasheed (@MohamedNasheed) May 10, 2017
ގާސިމް ބަންދުން ދޫކޮށްލުމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވެސްވަނީ އުފާފާޅު ކުރައްވާކަން ހާމަ ކުރައްވާފައެވެ. ރައީސް މައުމޫން އެހެން ވިދާޅުވެފައިވަނީ ރޭ ކުރެއްވި ޓްވީޓެއްގައެވެ. Extremely relieved and happy that Hon @qasimibrahim has been released. I salute his courage & wish him every success insha Allah.— Maumoon Abdul Gayoom (@maumoonagayoom) May 10, 2017
ގާސިމް ބަންދުން ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް އިއްޔެ ހާޒިރު ކުރުމުންނެވެ.
ގާސިމް ބަންދުން ދޫކޮށްލާފައިވަނީ ހަތް ޝަރުތަކާއެކުއެވެ. ގާސިމަށް ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމާއި ފުލުހުންގެ ހުއްދަ ނެތި ރާއްޖެއިން ބޭރަށް ފުރައިގެން ނުދިއުމަށާއި، ފިތުނަ އުފެދޭ ފަދަ ވާހަކައާއި ދައުލަތުގެ ތިންބާރުގެ ވެރިންނާއި މެދު ނަފުރަތު އުފެދޭ ފަދަ ވާހަކަތައް ނުދެއްކުމަށެވެ. އަދި ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރުމަށާއި ފިތުނަ ފަސާދަ އުފެދޭ ގޮތަށް ގޯތި ގެދޮދު ބޭނުން ކުރަން ފުރުސަތު ނުދިނުން ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ