ކަރަންޓް ކޭބަލްތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އަޕަނޯތް ޔުޓިލިޓީސް ލިމިޓެޑް، ށ. މާއުނގޫދޫ ބުރާންޗްގައި ހުރި ކަރަންޓް ކޭބަލްތަކެއްގެ ވަގަށް ނަގާފައި ވަނިކޮށް ހޯދައި އަދި އެ ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ރޭ އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ ހުކުރު ދުވަހު އަޕަނޯތް ޔުޓިލިޓީސްގެ މާއުނގޫދޫ ބްރާންޗުގެ ފެންޑާމަތީގައި ހުއްޓައި ވަގަށް ނެގި ކޭބަލްތައް ހޮނިހިރު ދުވަހު ފުލުހުން ހޯދީ އެ ރަށު ބަނދަރުގައި އޮތް ބޯޓަކުން ކަމަށެވެ.
ފުލުހުން ބުނީ ށ. ފުނަދޫގައި ތިބޭ ފުލުހުން މާއުނގޫދު އަށް ފޮނުވައިގެން ކުރި ތަހުގީގުގައި ކޭބަލްގަނޑު ބޯޓުން ހޯދި އިރު އެ އޭގެ ދާފަށާ ވަނީ ކަހާލާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 25 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން އޭނާ ނުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ