އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ޝާހިދު މަގާމުން ވަކިކޮށްފި
އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝާހިދު ވެސް ރޭ މަގާމުން ވަކިކޮށްފި އެވެ. އެނގިފައިވާ ގޮތުގައި، އެކަން ކުރީ ރޭ ބޭއްވި އެމްޑަބްލިއުއެސްސީގެ ބޯޑު ބައްދަލުވުމެއްގަ އެވެ.މިދިޔަ އޮގަސްޓް މަހު އެ މަގާމަށް އައްޔަންކުރި ޝާހިދު ވަކިކުރީ ސަރުކާރުން އެދިގެން ކަމަށްވެ އެވެ. ނަމަވެސް، ސަރުކާރުން އޭގެ ސަބަބެއް ނުބުނެ އެވެ.ޝާހިދުގެ އިތުރުން އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު ދެން ފުރުއްވަނީ އަބްދުއްސަލާމް މުހައްމަދެވެ.މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ އެކު، ދައުލަތުގެ އެކި ކުންފުނިތަކުގެ އެމްޑީގެ މަގާމުން ބައެއް ބޭފުޅުން އިއްޔެ ވަނީ ވަކިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ