ވިއްސާރަ ގަދަކޮށްލައި ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު ވިއްސާރަކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓްއެލާޓް ނެރެފި އެވެ.
ވީ ކިހިނެއް؟ - ގަދައަށް ވިއްސާރަކުރަން މި ފެށީ، މި ދެމަހެއްހާ ދުވަހު ވަރަށް ހޫނުގަދަކޮށް އޮތުމަށް ފަހު އެވެ.
ތަފްސީލް - މެޓު އޮފީހުން ބުނީ މިއަދު މެންދުރު އެކެއް ޖެހުމާ ހަމައަށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށެވެ. ވައިޓްއެލާޓް އަޅާފައި އޮތީ މި ސަރަހައްދަށެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނީ މާލެ އަތޮޅަށެވެ.
އެ ތަނުން ބުނި ގޮތުގައި:
އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ
މެދުރާއްޖެތެރެ އާއި ދެކުނުގައި، ހުޅަނގުދެކުނާއި ހުޅަނގުން އަދި އުތުރުގައި ހުޅަނގުއުތުރުން ގަޑިއަކު ފަސްމޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ
ކަނޑު އާދައިގެ ވަރަކަށް މަޑުވާނެ
އެނގުން މުހިއްމު - މެޓު އޮފީހުން ކުރިން ބުނިގޮތުގައި މިހާރު މިކުރަމުންދާ ވިއްސާރަ އޮންނާނީ މާދަމާގެ ނިޔަލަށެވެ. އެއަށް ފަހު ދޭތެރެއަކުން ކެރިއައުން އެކަށީގެންވާ ކަމަށް ބުނެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ