ޝާޒް، މެންބަރު ކަމުގެ ހުވާ ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އިބްރާހިމް ޝާޒް މަޖިލިހުގެ މެންބަރެއްގެ ހުވާ މިއަދު ކުރައްވައިފި އެވެ.
އޭނާ ހުވާ ކުރެއްވީ މަޖިލީހުގެ އިދާރާގައި މިއަދު ހެނދުނު 10:00 ގައި ބޭއްވި ހަފުލާއެއްގަ އެވެ. ޝާޒަށް މެމްބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝަތު ސުޖޫން އެވެ.
މި މަހުގެ 15 ގައި ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ޝާޒް ކާމިޔާބު ކުރެއްވީ 1،346 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާ އާދަމަށް 1،226 ވޯޓު ލިބިވަޑައިގެންނެވި އިރު، އެމްއެންޕީގެ އަލީ އަރީފަށް ލިބިވަޑައިގަތީ 122 ވޯޓެވެ.
މިއީ ގުރައިދުއާއި މާފުއްޓާއި ގުޅި ހިމެނޭ ދާއިރާގެ މަޖިލިހުގެ ގޮނޑި މިދިޔަ 14 އަހަރުގެ ތެރޭގައި އެމްޑީޕީ އަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
ޝާޒް، އާއެކު ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ 68 އަށް އަރައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ