ޣައްޒާގެ މެދުތެރޭ ނުސައިރަތު ރެފިއުޖީ ކޭމްޕްގައި ހުންނަ
ސްކޫލަކަށް، ޒަޔަނިސްޓް ޓެރަރިސްޓުން ބޮންއަޅައި 22 މީހުން ޝަހީދު ކޮށްލައިފިއެވެ.
ޒަޔަނިސްޓުން ބޮންއަޅައި އަދި ބޮޑުބަޑީގެ ހަމަލާތައް
ދީފައިވަނީ އަލް މުފްތީ ސްކޫލަށެވެ.
އެ ސްކޫލަކީ، ހަނގުރާމައިގެ ސަބަބުން ގެދޮރުގެއްލި މަގުމަތިވެފައިވާ
އެތައްހާސް އާންމުން ރައްކާތެރިކަން ހޯދައިގެން ތިބި ސްކޫލެކެވެ.
އެ ސްކޫލަށް ބޮންއެޅުމުގެ ސަބަބުން 22 މީހުން
ޝަހީދުވެފައިވާ ކަމަށް މިހާތަނަށް ކަށަވަރު ވެފައި ވާއިރު، ޒަޚަމްވި މީހުންގެ
އަދަދު 80 އަށް އަރައެވެ.
ޝަހީދުވި އަދި ޒަޚަމްވި ގިނަ މީހުންނަކީ ކުޑަކުދިންނެވެ.
ސްކޫލަށް ބޮންއެޅުމަށްފަހު ޒަޔަނިސްޓުން ބުނެފައިވަނީ، އެ
ސްކޫލަށް ބޮންއެޅީ "ހަމާސްގެ ކޮމާންޑް ސެންޓަރެއް" އެތަނުގައި ހުރުމުން
ކަމަށެވެ.
އެއްވެސް ހެއްކެއް ނެތި އިސްތިއުމާރީ ޓެރަރިސްޓު ސިފައިން
ގެންދަނީ ޣައްޒާގައި އާންމުން ހިމާޔަތް ހޯދައިގެން ތިބި ހުރިހާ ތާކަށް
ބޮންއަޅަމުންނެވެ.
ޣައްޒާގެ ސްކޫލަކަށް ބޮންއަޅައި 22 މީހުން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ