ނަމާދު ޖަމްޢުކުރުނަ ހުއްދަވާ 8 ޙާލަތެއްވެއެވެ.
1- ވާރޭވެހުމުގެ ސަބަބުން، ވައި ގަދަވުމާއި، ސުނޯ ފޭބުމާއި، ފެންބޮޑުވުމާއި، ތޫފާންތައް އެރުން ފަދަ މޫސުމީ ކަންކަން ދިމާވުން
2- ދަތުރުވެރިޔާ
3- ނަޖިސް ފިލުވާލަން އުނދަގޫވާފަދަ ބަލިމަޑުކަމެއް ދިމާވުން، ކޮންމެ ނަމާދަކަށް ނަޖިސްފިލުވާލަން ޖެހޭފަދަ ބަލިމަޑުކަމެއް ދިމާވުން 4- ދަތި އުނދަގުލާއި ޙާލުދެރަކަން އިޙްސާސްކުރަން ޖެހޭ ބަލިމީހާ- ދަތި އުނދަގޫ އިޙްސާސް ކުރަންޖެހޭ މީހުންގެ ތެރޭގައި މުސްތަޙާޟާވެރިޔާވެސް ހިމެނެއެވެ.
5- ކޮންމެ ނަމާދަކަށް ފެން ބޭނުން ކޮށްގެން ވުޟޫކުރުމަށް ކުޅަދާނަވެގެންނުވާ މީހާ – ކޮންމެ ނަމާދަކަށް ތަޔައްމުމު ކުރަން ކުޅަދާނަވެގެންނުވާ މީހާ
6- ބިމުގައި ވަޅުލެވިފައިވާ ނުވަތަ ތާށިވެފައިވާ މީހާ، ނަމާދު ވަޤުތު ދެނެގަންނަން އުނދަގޫ މީހާ މިސާލަކަށް ލޯފަން މީހާ (އެހީތެރިޔަކު ނެތް ޙާލަތުގައި)
7- މުސްތަޙާޟާވެރިޔާއާއި އޭނާގެ ޙުކުމުގައިވާ މީހުން މިސާލަކަށް، އަބަދު އަބަދު ހީސްލެވޭ މީހާ، އަބަދު އަބަދު މަޛްޔު ބޭރުވާ މީހާ
8- ހުކުރުނަމާދާއި ޖަމާޢަތުގެ ނަމާދު ދޫކޮށްލުން ހުއްދަވެގެންވާ ފަދަ ޢުޛުރު ދިމާވެފައިވާ މީހާ (މިސާލަކަށް ޑޮކްޓަރުން ނަރުހުން ފަދަ ވަޒީފާތަކުގައި އުޅޭ މީހުން)، އަދި މީހާގެ ނަފްސަށް ނުވަތަ މުދަލަށް ކުރިމަތިވެފައިވާ ބިރުވެރިކަމުގެ ޙާލަތުގައި
--ޝައިޚް މުޙައްމަދު ޝާފިޢު
މަރްޖިޢު https://islamqa.info/ar/answers/147381
ހަނދުމަކޮށްދިނުމެއް!: ނަމާދު ޖަމްޢުކުރުން ހުއްދަވާ 8 ޙާލަތު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ