އަށާރަ އަހަރުގެ އަންހެނަކު ގަދަކަމުން ހިފަހައްޓާ އަނިޔާކޮށްފި

އަށާރަ އަހަރުގެ އަންހެނަކު ގަދަކަމުން ހިފަހައްޓާ އަނިޔާކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު, ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓާ ޖިސްމާނީ ގޮތުން އަނިޔާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިރޭ އިރޮއޮއްސި 6:11 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް ބުންޏެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ.
އެހެން ކަމުން އެ އަންހެން މީހާއަށް އަނިޔާކުރި ސަބަބެއް އަދި ލިބުނު އަނިޔާއެއް ސާފެއް ނުވެ އެވެ. މި މައްސަލާގައި މީހަކު ހައްޔަރު ކުރި ކަމަށްވެސް ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ