ދިރާސީ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް ފަށައިފި

ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އަތޮޅުތެރޭގެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ތައުލީމީ ވުޒާރާއިން ފަށައިފިއެވެ.
ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފުރިހަމައަށް ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، ދުރާލާ ސްކޫލްތަކާއި މިނިސްޓްރީ ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން މިނިސްޓްރީން ފާހަގަކުރެއެވެ.
މިނިސްޓްރީގެ އަމާޒަކީ ސްކޫލު ހުޅުވުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކޮށް ނިންމުމެވެ.
މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީ ފެށޭނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ގައެވެ. އަދި ޗުއްޓީ ނިންމުމަށް ފަހު 2026 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށޭނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ