ކިއުއެސް ރޭންކިންގައި ވިލާ ކޮލެޖުގެ އެމްބީއޭ ޕްރޮގްރާމެއް ކިއުއެސް ރޭންކިންގައި ވިލާ ކޮލެޖުގެ އެމްބީއޭ ޕްރޮގްރާމެއް

ވިލާ ކޮލެޖުން އޮންލައިންކޮށް ހިންގާ މާސްޓާއޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ޕްރޮގްރާމް، 'ކިއުއެސް އޮންލައިން އެމްބީއޭ ރޭންކިންގްސް 2026' ގައި ހިމެނިއްޖެ އެވެ.
ދުނިޔޭގެ އެންމެ އިތުބާރުހުރި އެއް ރޭންކިންގ ޕްލެޓްފޯމް ކަމަށްވާ ކިއުއެސް ރޭންކިންއިން ވަނީ އެ ޕްރޮގްރާމް ދުނިޔޭގެ އެންމެ ރަނގަޅު 150 އޮންލައިން އެމްބީއޭގެ ތެރޭގައި ރޭންކުކޮށްފަ އެވެ.
މިއީ ދިވެހިރާއްޖޭގެ މަތީ ތައުލީމު . ދޭ މުއައްސަސާއަކުން ހިންގާ ޕްރޮގްރާމެއް ކިއުއެސް ވޯލްޑް ސަބްޖެކްޓު ރޭންކިންގައި ރޭންކު ކުރެވުނު ފުރަތަމަ ފަހަރެވެ. ދުނިޔޭގެ 27 ގައުމެއްގެ ޔުނިވާސިޓީތަކުގެ އޮންލައިން އެމްބީއޭ ޕްރޮގްރާމްތައް ހިމެނުނު މި ރޭންކިންގައި ދުނިޔޭގެ ނަން މަޝްހޫރު ބިޒްނަސް ސްކޫލްތަކުގެ އޮންލައިން އެމްބީއޭތައް ހިމެނެ އެވެ.
މި ކާމިޔާބީގައި އެންމެ ފާހަގަކޮށްލެވެނީ، އުނގެނުމުގެ ތަޖުރިބާ ވަޒަންކުރާ "ކްލާސް އެކްސްޕީރިއަންސް" ގެ މިންގަނޑުން، އޭޝިއާ ޕެސިފިކް ސަރަޙައްދުން ދުނިޔޭގެ އެއްވަނަ ރޭންކްގައި ވިލާ ކޮލެޖު ދަރަޖަ ކުރެވިފައިވާ ކަމެވެ.
"ފެކަލްޓީ އެންޑް ޓީޗިން" އާއި "އެމްޕްލޯޔަބިލިޓީ" މި ދެ ދާއިރާއިން އޭޝިއާ ޕެސިފިކް ސަރަހައްދުން 12 ވަނަ ދަރަޖައިގައި ވިލާ ކޮލެޖުގެ އެމްބީއޭ ޕްރޮގްރާމް ވަނީ ގިންތި ކުރެވިފައެވެ.
ވިލާ ކޮލެޖުގެ އެމްބީއޭ ޕްރޮގްރާމަކީ ވަޒީފާގައި ތިބެގެން ތައުލީމު ހާސިލުކުރާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެހެން ބައްޓަންކޮށްފައިވާ ޕްރޮގްރާމެކެވެ. އޮންލައިންކޮށް އަދި ކުލާހަށް ހާޒިރުވެގެންވެސް ކިޔެވޭނެ އިންތިޒާމް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ދަރިވަރުން ކިޔަވަމުންދާނީ އުނގެނުމުގައި ޝާމިލުވާ ނިޒާމެއްގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ