ކައުންސިލަރުންގެ އަދަދު މަދުކުރަން ހުށަހެޅި އިސްލާހު ފާސްކޮށްފި

ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.
ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ. މި ފަހަރު ހުށައެޅި ބިލްގައިވާ ގޮތުން ދެހާހުން މަތީގެ އާބާދީތަކަށް އިންތިހާބު ކުރާނީ ފަސް ކައުންސިލަރުންނެވެ. އަދި ދެހާހުން ދަށުގެ އާބާދީތަކަށް އިންތިހާބު ކުރާނީ ތިން ކައުންސިލަރުންނެވެ.
މިއަދުގެ މަޖިލީހުގައި އެ ބިލު ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެޑައިގެންނެވި 54 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލާއި ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވިއެވެ.
އެ ބިލުގެ ދަށުން ރައްތަކުގެ އިތުރުން، މާލެ ސިޓީ ކައުންސިލްއަށް މިހާރު އޮތް 20 ވަނަ މަޖިލީގައި ތިބޭ މެންބަރުންގެ އަދަދަށްވާ 16 މެންބަރުން ތިބޭނެއެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލަށް 9 މެންބަރުން އިންތިހާބުކުރާނެއެވެ. އަދި އައްޑޫ ސިޓީ ކައުންސިލަށް 11 މެންބަރުން އިންތިހާބުކުރާނެއެވެ. އައްޑޫ ސިޓީ ކައުންސިލަރުންގެ އަދަދު މަދުވީ އެ ސިޓީން ހުޅުދޫ އަދި މީދޫ ވަކިވުމާއި ގުޅިގެން ކޮމެޓީން ގެނައި ބަދަލާއިއެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ