އާބަންކޯގެ ސީއޯއޯއަކަށް އަހުމަދު އިބްރާހިމް
ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި، އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމަށް އަހުމަދު އިބްރާހިމް (ޕޮކްމަން) އައްޔަނުކޮށްފި އެވެ.އަހުމަދު އިބްރާހީމަކީ ދިޔަރެސް ނޫހުގެ ކޯ ފައުންޑަރެއްގެ އިތުރުން އެ ނޫހުގެ މެނޭޖިން ޑިރެކްޓަރެވެ.އަހުމަދު އިބްރާހިމް، އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ ޝަރުއީ ދާއިރާގަ އެވެ. އެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި އަހުމަދު، 10 އަހަރު ވަންދެން ކޯޓު އޮފިސަރެއްގެ ގޮތުގައި އުޅުއްވި އެވެ.ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުގެ، ކޯޓު އޮފިސަރުގެ މަގާމުގައި ހުންނަވަނިކޮށް، ނޮވެމްބަރު 2021 ގައި އޭނާ ވަޒީފާއިން ވަކިކުރީ އޭރުގެ ސަރުކާރާ ދެކޮޅަށް ޓްވީޓު ކުރަމުން ގެންދިޔުމުގެ ސަބަބުންނެވެ.ވެރިކަން ބަދަލުވުމަށް ފަހު ސަރުކާރުން އަންނަނީ ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކަށް ބޭބޭފުޅުން އައްޔަނުކުރަމުންނެވެ.މިދިޔަ މަހުގެ 28 ވަނަ ދުވަހު އާބަންކޯގެ އެމްޑީއަކަށް، ފެލިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ވަނީ ހަމަޖައްސައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ