އަތޮޅު ކައުންސިލްތަކާއި ހިރިމަރަދޫ ކައުންސިލް އުވާލައި، އައްޑޫ ސިޓީ ކައުންސިލަށް ބަދަލު ގެނެސްފި

އައްޑޫ ސިޓީ ކައުންސިލްގެ އޮނިގަނޑަށް ބަދަލު ގެނެސް، އަތޮޅު ކައުންސިލްތަކާއި ހިރިމަރަދޫ ކައުންސިލް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު އުވާލައިފި އެވެ. 
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން މިދިޔަ އަހަރު ގެނައި އިސްލާހުގެ ސަބަބުން، މިހާރު ތިބި އަތޮޅު ކައުންސިލަރުންގެ ދައުރު ހަމަވުމާ އެކު، އަތޮޅު ކައުންސިލްތައް އުވާލަން ރައީސްގެ ގަރާރުން ވަނީ ނިންމަވައިފަ އެވެ. 
އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ދަށުން އަތޮޅު އޮފީސްތައް ހިންގަން ވެސް ވަނީ ކަނޑައަޅައިފަ އެވެ.
އަތޮޅު ކައުންސިލްތަކާ އެކު، ހިރިމަރަދޫ ކައުންސިލް ވެސް މިއަދު ވަނީ އުވާލައިފަ އެވެ. 
The most trusted news source in the Maldives
ރައީސް މުއިއްޒު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނެރުއްވި ގަރާރުގައި ވިދާޅުވީ ހިރިމަރަދުއަކީ މީހުން ދިރިނޫޅޭ ރަށެއް ކަމަށް މި ވަގުތަށް ކަނޑައެޅީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވަނީ ހިރިމަރަދޫ މީހުން ހަނިމާދު އަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ މަރުހަލާގެ ތެރޭގައި ކަމަށް ވާތީ އެވެ.
އެހެންވެ، މިދިޔަ މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެ މީހުން ވޯޓުލާފައިވަނީ ވެސް ހަނިމާދޫއަށް ކައުންސިލަރުން އިންތިހާބުކުރާށެވެ. 
The most trusted news source in the Maldives
އައްޑޫ ސިޓީ ކައުންސިލްގެ އޮނިގަނޑަށް ރައީސްގެ ގަރާރުން މިއަދު ބަދަލު ގެނެސްފައިވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެ އިންތިހާބުގައި މީދޫ އަދި ހުޅުދޫ އިން ވެސް އައްޑޫ ސިޓީ ކައުންސިލާ ވަކިވާން ނިންމައިފަ އެވެ. 
ރައީސްގެ ގަރާރުގައި "އައްޑޫ މީދޫ" އަދި "އައްޑޫ ހުޅުދޫ" އަށް ވަކި ރަށު ކައުންސިލް އިދާރާތަކެއް އުފައްދާފައިވެ އެވެ. އަދި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ހިމެނޭ ސަރަހައްދަކީ "އައްޑޫ ސިޓީ" ގެ ނަމުގައި ހިންގާ ވަކި އިދާރީ ރަށެއްގެ ގޮތުގައި ހަމަޖައްސާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ