ސާއްބަ އެނިވާސަރީ ކަޕް 2018 ގެ ގުރުއަތުލުން ބާއްވައިފިއެވެ.
ހދ. ހަނިމާދޫ ޖަމިއްޔާއެއް ކަމަށްވާ ސާއްބަ އެކުވެރި ކުލަބުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވާ ސާއްބަ އެނިވާސަރީ ކަޕް މިއަހަރުގެ މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވަނީ މިރޭ ސަމާ އެވާ ރެސްޓޯރަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޗެމްޕިއަން ޓީމަށް 10 ހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް 5 ހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފެއަރ ޕްލޭ ޓީމަށް 2500 ރުފިޔާ ދޭގޮތަށްވަނީ ހަމަ ޖައްސާފައެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މުބާރާތުގައި ޖުމްލަ ހަތް ޓީމު ބައިވެރިވެފައިވެއެވެ. ގުރޫޕް-އޭ ގައި ހިމެނެނީ އަހުލީ ޖޫނިއާސް، އެފްސީ ރިއަލް ސްޓާރސް، ޝީލްޑް އަދި ޔޫތު ފްރެންޑްސްއެވެ. އަދި ގުރޫޕް-ބީ ގައި ހިމެނެނީ ޔުނިފޯމް، ރޫޙް އަދި އަހުލީއެވެ.
މިއީ ސާއްބައިން މިގޮތަށް މި މުބާރާތް ބާއްވަމުން އަންނަ 5 ވަނަ އަހަރުކަމަށާއި މަޤުޞަދަކީ ރަށު ޒުވާނުންގެ މެދުގައި ފުޓްބޯޅައިގެ ފޯރިގަދަކޮށް ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ހޯދައިދިނުންކަމަށް މުބާރާތް ހިންގާ ކޮމިޓީގެ ފަރާތުން ހަސަން ޒިޔާދު ޖަޒީރާނިއުސް އަށް މައުލޫމާތު ދެމުން ބުންޏެވެ.
ހަމައެކަނި ހަނިމާދޫ ޓީމުތަކަށް ބައިވެރިވެވޭ މިމުބާރާތް ކުރިޔަށްދާނީ 13 ޑިސެމްބަރުން 26 ޑިސެމްބަރުގެ ނިޔަލަށް ހަނިމާދޫ ފުޓްބޯޅަ ދަނޑުގައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އަހުލީ ޖޫނިއަސްއާއި ރިއަލް ސްޓާރސްއެވެ.
ސާއްބަ އެނިވާސަރީ ކަޕް 2018 ގެ ގުރުއަތުލުން ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ