ޔާމީން ވިދާޅުވީ އަތް ދިއްކޮށްލެއްވި ކަމަށް، ހިފަން ދެކޮޅު ހެއްދެވީ ރައީސް

"އެހިސާބުން ފެށިގެން މި ހިސާބަށް ދިޔައިރު މުއިއްޒެއް ނެތް އަޅުގަނޑުގެ މެސެޖަކަށް އަޅުގަނޑުގެ ފޯނަކަށް ޖަވާބު ދެއްވާފައެއް،" ގުޅުން ކެނޑުނު ހިސާބު ސާފުކޮށް ދެއްވާ ޔާމީން ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ގުޅުން ކެނޑުނު ސަބަބާއި ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަރަށް ތަފްސީލު ގޮތެއްގައި ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވައިިފި އެވެ.
މީގެ 380 ދުވަސް ކުރީން ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ރޭ ވަނީ ބާތިިލު ކޮށްފައެވެ. މިނިވަންވެވަޑައިގަތުމުން ފުރަތަމަ ފަހަރަށް ނޫސްވެރީންނާ ބައްދަލު ކުރައްވާ ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ނަންފުޅު ބޭނުން ކުރައްވައިގެން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒާއި އޮތް ގުޅުން ކެނޑުނު ސަބަބުތަކާ ގުޅޭ ގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފައެވެ.ޔާމީން ވިދާޅުވީ އެމަނިކުފާާނަކީ ޖަޒުބާތު ގައި ކަންކަން ނިންމަވާ ބޭފުޅެއް ނޫން ކަމަށާ ނިންމަވާ ނިންމުންތައް ބިނާ ކުރައްވަނީ އުސޫލުތަކުގެ މައްޗަށް ކަމަށެވެ. ރައީސް މުއިއްޒު ހޮވިވަޑައިގެން އުފާފާޅު ކުރެއްވުމަށް ޔޫތު ސެންޓަރު ގައި ޖަލްސާ ބޭއްވި ރޭ އެމަނިކުފާނަށް ގުޅުއްވާ މެސެޖު ކުރެއްވި ކަމަށް ވިދާޅުވި އެވެ. ފޯނު ނުންގެވުމުން އަދި މެސެޖަކަށް ވެސް ޖަވާބު ނުދެއްވުމުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފަށް ގުޅުއްވި ކަމަށާ އޭނާ ފޯނު ނެންގެވުމުން ރައީސަށް ގުޅާލަން ބޭނުންވާ ކަމަށް ދަންނަވައި ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އެ ވާހަކަފުޅު ރައީސަށް ދެންނެވުމަށް ފަހު މުންދު އެންގެވި ކަމަށް ވެސް ވިދާޅުވި އެވެ."އެހިސާބުން ފެށިގެން މި ހިސާބަށް ދިޔައިރު މުއިއްޒެއް ނެތް އަޅުގަނޑުގެ މެސެޖަކަށް އަޅުގަނޑުގެ ފޯނަކަށް ޖަވާބު ދެއްވާފައެއް،" ގުޅުން ކެނޑުނު ހިސާބު ސާފުކޮށް ދެއްވާ ޔާމީން ވިދާޅުވި އެވެ.
ޔާމީން ރޭ ވިދާޅުވީ އެމަނިކުފާނާއި ހަމައިން އަތް ދިއްކޮށްލެއްވި ކަމަށާ ނަމަވެސް އަތުގައި ހިތްޕެވުމަށް ރައީސް މުއިއްޒު ދެކޮޅު ހެއްދެވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަން އެނގިވަޑައިގަންނަވާނީ ރައީސަށް ކަމަށް ވިދާޅުވެ އެ ސުވާލު ރައީސާ ކުރެއްވުމަށް އެދިވަޑައިގަތެވެ.އަދި ވިދާޅުވީ އެމަނިކުފާނުގެ ފޯނަށް ވެސް މެސެޖަކަށް ވެސް ޖަވާބެއް ނުދެއްވާ ހުންނެވުމަށް ފަހު މީޑިއާތަކަށް އެ ވާހަކަތައް ތިލަވުމުން އެކަން ދެކޮޅު ޖައްސަވަން އެކި ފަހަރު ރައީސް ދެއްކެވީ އެކި ވާހަކަފުޅު ކަމަށެވެ."މީޑިއާގެ ކުރިމަތީގައި ސިޔާސީ ވެރިއަކު އައިސް އެއް ފަހަރު ދައްކާ ވާހަކައެއް، ދެވަނަ ފަހަރު، ތިންވަނަ ފަހަރު، ހަތަރުވަނަ ފަހަރު ދެކޮޅު ނުޖެހޭ ގޮތަށް ދައްކަންޔާ އެކަން ކިޔާނީ ދޮގު ހެދުން ދެއްތޯ،"ޔާމީނާ ބައްދަލު ކުރައްވަން ދަތިވެވަޑައިގަންނަވަނީ ބަންދެއްގައި ހުންނެވުމުން ކަމަށް ތަރުޖަމާނުން މެދުވެރި ކުރައްވާ ރައީސް މުއިއްޒު މީޑިއާގައި ވިދާޅުވެފައިވާ ކަމަށާ ނަމަވެސް އެއީ ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ހުންނެވީ ބަންދެއްގައި ނަަމަވެސް ކުރީ ސަރުކާރުން ދީފައިވާ ލުއިތަކާ އެކު އެމަނިކުފާނުގެ ގެކޮޅަށް ވަންނަން ހުއްދަ އޮންނަ ކަމަށާ އެމަނިކުފާނާ މީހުންނާއި ބައްދަލު ކުރުމުގެ ފުރުސަތު އޮންނަ ކަމަށް ވެސް ވިދާޅުވި އެވެ."މުއިއްޒު ކުރެން އައްސަވާލައްވާ ރައީސް ޔާމީނަށް ފޯނަށް މެސެޖަށް ޖަވާބު ނުދިނީ. މުއިއްޒަށް ދެއްތޯ އެނގިވަޑައިގަންނަވާނީ އެކަން،" ނޫސްވެރީންނަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ރޭ ވިދާޅުވި އެވެ.
ރައީސް ޔާމީން ރޭ ވަނީ ކޯލިޝަނެއް ނެތް ނަމަވެސް މިވަގުތު އެމަނިކުފާނު ޕީއެންއެފުން މަސައްކަތް ކުރަމުން ދަނީ އިދިކޮޅު އެމްޑީޕީއާ އެކު ކަމަށް ވިދާޅުވެފައެވެ. އެ މަސައްކަތަށް ހިތްވަރު ދެއްވާ ވާހަކަފުޅު ވެސް ދެއްކެވި އެވެ.ރައީސް މުއިއްޒާ އެކު ދެން މަސައްކަތް ކުރައްވާފާނެތޯ ސުވާލު ކުރުމުން ޔާމީން ދެއްވީ ތަފާތު ޖަވާބެކެވެ."އަޅުގަނޑުމެން މިއީ ދެމަފިރިންތޯ،" ސުވާލު ކުރި ނޫސްވެރިޔާއަށް އަމާޒުކޮށް ރައީސް ޔާމީން ސުވާލެއް ކުރައްވާ ވިދާޅުވި އެވެ.ރައީސް މުއިއްޒު، ވެރިކަމަށް ވަޑައިގަތުމަށް ހިންގެވި ކެމްޕެއިން ގައި ކޮންމެ ޖަލްސާއެއް ގައި އެންމެ ގިނައިން ތަކުރާރު ކުރައްވާ ވިދާޅުވި ނަމަކީ "ރައީސް ޔާމީން" މި ނަމެވެ. ކޮންމެ ޖަލްސާ އެއް / ބައްދަލްވުމެއް / ހަރަކާތެއް ގައި ރައީސް ޔާމީނަށް ހުސް ގޮނޑިކޮޅެއް ބެހެއްޓެވި އެވެ. ކޮންމެ ޖަލްސާ އެއްގައި ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ