ކުމުންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ލައިޝާ

2022 – 2023 ވަނަ ދިރާސީ އަހަރު ކުމުންދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ފާޠިމަތު ލައިޝާ ނާޒިމް ހޮވިއްޖެ އެވެ. ލައިޝާ ވަނީ ޑިސްޓިންކްޝަން އެވޯޑާއި ޓޮޕް އެޗީވާރސް ސްކޫލް ލެވެލް އެވޯޑްވެސް ހާސިލް ކޮށްފަ އެވެ.
މީގެއިތުރުން ޖެނެރަލް ޕްރޮފިޝެންސީ ޕްރައިޒްއާއި ކްލާސް ޕްރައިޒް އަދި ސަބްޖެކްޓް ޕްރައިޒް (ޤުރްއާން، އިސްލާމް، އިނގިރޭސި، ކެމިސްޓްރީ) ވަނީ ހާސިލްކޮށްފައެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ކުމުންދޫ ސްކޫލްގެ 2022 – 2023، ދިރާސީ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އަފީފުއްދީން ސްކޫލް ޕްރިންސިޕަލް އަދުނާން އަލީއެވެ.
ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި އުނގެނުމުގައި އަބަދުވެސް އުއްމީދާއެކު މަސައްކަތްކުރާ ދަރިވަރުންނަށް ވުމަށާއި، ރިވެތި އަޚުލާޤެއްގެ ދަރިވަރުންނަށްވުމަށް ނަސޭހަތްތެރިވިއެވެ. އަދި މުދައްރިސުންނަކީ އަބަދުވެސް އުނގެނޭ ބަޔަކަށްވުމަށް ހިތްވަރުދެއްވިއެވެ.
ކުމުންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި ލައިޝާ، އޭނާގެ މަންމަ އަދި ބައްޕަ އާއި އަދި ޝަރަފްވެރި މެހެމާނާއި ސްކޫލް ޕްރިންސިޕަލާއެކު ފޮޓޯއަކަށް ހުއްޓިގެން--ފޮޓޯ: ކުމުންދޫ ސްކޫލް
ކާމިޔާބީ ހޯދި އިތުރު ދަރިވަރުން
ޖެނެރަލް ޕްރޮފިޝެންސީ ޕްރައިޒް ހާސިލްކުރި ދަރިވަރުންގެ ތެރޭގައި ގްރޭޑް 9 ގެ ދަރިވަރު އާމިނަތު ލަމްސާ އާއި ގްރޭޑް 9 ގެ ދަރިވަރު އަޝްފާ އަސްލަމް އަދި ގްރޭޑް 10 ގެ ދަރިވަރު މުހައްމަދު ޒައިން އިބްރާހީމް ހިމެނެ އެވެ.
ސަބްޖެކްޓް ޕްރައިޒް (އިސްލާމް، އިނގިރޭސި، ހިސާބު، ކެމިސްޓްރީ، އެކައުންޓިންގ) ހާސިލްކޮށްފައިވަނީ ގްރޭޑް 9 ގެ ދަރިވަރު އާމިނަތު ލަމްސާ އާއި، ސަބްޖެކްޓް ޕްރައިޒް (ޤުރްއާން، ދިވެހި) ހާސިލްކޮށްފައިވަނީ ގްރޭޑް 9 ގެ ދަރިވަރު އަޝްފާ އަސްލަމް އާއި، ސަބްޖެކްޓް ޕްރައިޒް (ޤުރްއާން) ހާސިލްކޮށްފައިވަނީ ގްރޭޑް 10 ގެ ދަރިވަރު އާއިޝަތު ރާޔާ މުހައްމަދު އެވެ.
ކްލާސް ޕްރޮގްރެސް ޕްރައިޒް ލިބުނު ދަރިވަރުން ތެރޭގައި ގްރޭޑް 9 ގެ ދަރިވަރު ހުސާން މުހައްމަދު، ގްރޭޑް 10 ގެ ދަރިވަރު ހައްވާ އުމައިޝާ އިބްރާހީމް އަދި ގްރޭޑް 10 ގެ ދަރިވަރު އާލިމް އާދަމް ހިމެނެއެވެ.
ސާނަވީ މަރުހަލާ ނިންމާ އިމްތިހާނުން ސްކޫލް ފެންވަރުގައި އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ފާތިމަތު ލައިޝާ ނާޒިމް (ގްރޭޑް 10)، ޢާއިޝަތު ރާޔާ މުހައްމަދު (ގްރޭޑް 10)، މުހައްމަދު ޒައިން އިބްރާހީމް (ގްރޭޑް 10)، އާލިމް އާދަމް (ގްރޭޑް 10)، ހައްވާ އުމައިޝާ އިބްރާހީމް (ގްރޭޑް 10) ހިމެނެއެވެ.
ޑިސްޓިންކްޝަން އެވޯޑް ޙާސިލްކުރި އިތުރު ދަރިވަރުންގެ ތެރޭގައި މުހައްމަދު ޒައިން އިބްރާހީމް (ގްރޭޑް 10) އާއި އަރްޖުން ރާޖް (ގްރޭޑް 10) ހިމެނުނުއިރު ކްލާސް ޕްރައިޒް ހާސިލްކޮށްފައިވަނީ ގްރޭޑް 9 ގެ ދަރިވަރު އާމިނަތު ލަމްސާ އެވެ.
ގްރޭޑް 7 ން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކޮށްފައިވާ ދަރިވަރުންގެ ތެރޭގައި އާއިޝަތު ޔަޝްފާ އިބްރާހީމް، އަހުމަދު އައިހަމް އަސްލަމް، އާއިޝަތު އުލާ އަދުނާން، އަޒުމާ އާދަމް ނަސީރު، އާމިނަތު ސާނިޔާ އަންވަރު އަދި އާމިނަތު ލައިސާ ހިމެނެއެވެ.
ގްރޭޑް 8 ން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކޮށްފައިވާ ދަރިވަރުންގެ ތެރޭގައި ހުނޭފާ އަބްދުﷲ، މަރްޔަމް މިޝްޤާ އަހުމަދު، ފުރުޝާން ހުސައިން، ފާތިމަތު އީނާޝް މުޝައްޔިރު، ނައުމާ އަބްދުއްރަޙީމް ހިމެނިފައިވެއެވެ.
އަދި ގްރޭޑް 9 ން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކޮށްފައިވާ ދަރިވަރުންގެ ތެރޭގައި އާމިނަތު ލަމްސާ، އަޝްފާ އަސްލަމް، ޢަބްދުﷲ އަޛީން އަހުމަދު، ފާތިމަތު ނަޒީމާ ނާޒިމް ހިމެނިފައިވެއެވެ.
މި ރަސްމިއްޔާތުގައި ވޭތުވެދިޔަ ދިރާސީ އަހަރު އެކިއެކި ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ޓްރޮފީ އާއި އިނާމު ހަވާލުކޮށްދެއްވީ ޕްރިންސިޕަލް އަދުނާން އަލީ، ކުމުންދޫ ކައުންސިލް ނައިބު ރައީސް އަލީ އަންވަރު، ކުމުންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް އަލްއުސްތާޒް އިބްރާހީމް އަބްދުލްވާހިދު، ކުމުންދޫ ކައުންސިލްގެ ޑިރެކްޓަރ އަލީ ހުސައިން، ކުމުންދޫ ކައުންސިލް މެންބަރު އަލީ ގާސިމް އަދި ކުމުންދޫ ސްކޫލް އިސްލާމް މުދައްރިސް އައްޝައިޚު އަބްދުލް ހަމީދު ޔޫސުފް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ