މާރިޗު މަހު އެހީގެ ގޮތު ޒަކާތް ހައުސްއިންއަށް ލައްކައަށްވުރެ ގިނަ ރުފިޔާ

ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަން އެހީގެ ގޮތުގައި 190.822.59ރ. ދީފައިވާއިރު ހިތުގެ އޮޕަރޭޝަންތަކަށް 8,481.00ރ. ދީފައިވެއެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން އެހީގެ ގޮތުގައި މިދިޔަ މަހު 800،000 ރ. އަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.
މޯލްޑިވްސް ޒަކާތު ހައުސްއަކީ ޒަކާތުގެ ކަންކަމަށް ސަމާލުކަން ދީ އެކަން ބަލަހައްޓަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން އުފެއްދި އޮފީހެކެވެ. އެ އޮފީހުން އާންމު ކުރި ފެކްޓް ޝީޓެއގައި ބުނެފައިވާ ގޮތުން މިދިޔަ މާރިޗު މަބހު 59 މީހަކަށް 878،682.88ރ. ދިނެވެ. ޒަކާތު ފަންޑުން އެހީގެ ގޮތުގައި ދޭން ހަމަޖެހިފައިވަނީ 685،026.19 ރ. އެވެ.
ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަން އެހީގެ ގޮތުގައި 190.822.59ރ. ދީފައިވާއިރު ހިތުގެ އޮޕަރޭޝަންތަކަށް 8,481.00ރ. ދީފައިވެއެވެ. އަދި ޓްރާންސްޕްލާންޓް ހެދުމަށް 25,433.00ރ. ދިން އިރު ސިކުނޑީގެ އޮޕަރޭޝަންތަކަށް 180,407.19ރ. ދީފައި ވެއެވެ. އެހެނިހެން ކަންކަމަށް 279,872.50ރ. ހޭދަ ކުރި އެވެ. އަދި ހާއްސަ ހާލަތް މެދުވެރިވެގެން ހާލުގައި ޖެހޭ މީހުނަށް ޒަކާތު ފަންޑުން ދޭ އެހީގެ ގޮތުގައި މިދިޔަ މަހު 17,207.65ރ. ދިނެވެ. އެހެނިހެން ހަރަދުގެ ގޮތުގައި ސްކޮލާޝިޕަށް 44,563.80ރ. ހަރަދު ކޮށްފައި ވާއިރު، އިދާރާގައި މަސައްކަތްކުރާ މުވައްޒަފުން ނުވަތަ އާމިލުންގެ އުޖޫރައިގެ ގޮތުގައި 374,950.28ރ. ހަރަދު ކޮށްފައި ވެއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ