ސިޔާމް ވަނީ މަޖިލިސް ކެމްޕޭނަށް މުއިއްޒުއަށް 60 މިލިއަން ރުފިޔާ ޚަރަދު ކޮށްދީފަ! 165 މިލިއަން ޑޮލަރުގެ ސޮވެރިންގ ގެރެންޓީ ސިޔާމަށް ދިނުން ނޫންގޮތެއް މުއިއްޒުއަށް ނެތް! ސިޔާސީ ބޭނުމަށް ރައްޔިތުން ރަހުނު ކުރުމަކީ ގައުމަށް ވެވޭ އެންމެބޮޑު ޚިޔާނާތް!

ރިސޯޓެއް ތަރައްގީ ކުރުމަށް ބޭނުންވާ 165 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް ސަރުކާރުގެ ގެރެންޓީ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި މަހުޖަނު އަހުމަދު ސިޔާމު މުހައްމަދު އަނެއްކާ ވެސް ސަރުކާރުގައި އެދިފައިވާއިރު, ސިޔާމަށް ދައުލަތުގެ ސޮވެރިން ގެރެންޓީ ދިނުން ނޫންގޮތެއް ނެތްކަމަށް “ދިޔަވަރު އޮންލައިން” އަށް ކަށަވަރު ކުރެވިއްޖެއެވެ.
ރިސޯޓެއް ތަރައްގީ ކުރުމަށް ދައުލަތުގެ ސޮވެރިން ގެރެންޓީ ހޯދުމަށް ސިޔާމް އެދިފައިވާއިރު, އެ މުއާމަލާތުގެ މައުލޫމާތު އެނގިހުރި ސަރުކާރުގެ އިސް އޮފިޝަލަކު ނަން ހާމަ ނުކުރުމަށް އެދި “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން ގޮތުގައި, ސިޔާމްވަނީ ފާއިތުވި މަޖިލިސް އިންތިޚާބު މުއިއްޒުއަށް ކާމިޔާބު ކޮށްދިނުމަށް 60 މިލިއަން ރުފިޔާ ޚަރަދު ކޮށްދީފައެވެ. އެ ފައިސާ ޚަރަދު ކޮށްދީފައިވަނީ ސިޔާމަށް ބަދަލެއްގެ ގޮތުގައި ދައުލަތުގެ ސޮވެރިން ގެރެންޓީ ދިނުމަށް އަނގަބަހުން މުއިއްޒު ވައުދު ވެގެންކަމުގައި އޮފިޝަލް މައުލޫމާތު ދީފައި ވެއެވެ.
ސޮވެރިން ގެރެންޓީ ހޯދުމަށް އެދި އެމެރަލްޑު ރިސޯޓް ކުންފުނީގެ ވެރިޔާގެ ހައިސިއްޔަތުން ސިޔާމް، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މި މަހު ހަތެއްގައި ފޮނުވި ސިޓީ “ދިޔަވަރު އޮންލައިން” އަށް ވަނީ ލިބިފަ އެވެ.
އެ ސިޓީގައިވާ ގޮތުން މާލެ އަތޮޅު ދެކުނު ބިތުގައި އޮތް ފަޅެއްގައި ތަރައްގީ ކުރާ އެމެރަލްޑް ލެގޫން ތަރައްގީ ކުރަން މަޝްވަރާ ކޮށްފައިވަނީ ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕާއެކު އެވެ. އަދި މި މަޝްރޫއަށް ފައިނޭންސިން ހޯދުމުގެ ގޮތުން ލޯނެއް ނެގުމަށް ނިންމާފައިވަނީ ޗައިނާގެ ބޭންކަކުންނެވެ.
ނަމަވެސް، 165 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާކުރާ މި މަޝްރޫއަށް ބޭނުންވާ ލޯނު ލިބެން އޮތީ ރާއްޖޭގެ ސަރުކާރުގެ ގެރެންޓީއާއެކު ކަމަށް ސިޔާމުގެ ސިޓީގައި ބުނެފައިވެ އެވެ. އަދި އެ ގެރެންޓީ ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ލިޔުމުން ލިބިފައި އޮންނަން ޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.
ސިޔާމުގެ ސިޓީގައިވާގޮތުން އެމެރަލްޑް ލެގޫންގައި ތަރައްގީކުރާ ރިސޯޓަކީ ޖުމްލަ 1،500 އަށްވުރެ ގިނަ ކޮޓަރީގެ ރިސޯޓަކަށް ވެގެންދާނެ އެވެ.
މި މަޝްރޫއަށް ބޭނުންވާ ލޯނު ހޯދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން، ޖެނުއަރީ 2018 ގައި ވެސް ސިޔާމުގެ ކުންފުންޏަށް ގެރެންޓީ ދީފައިވެ އެވެ. ނަމަވެސް އަލުން ލިޔުން ބޭނުންވަނީ މި ސަރުކާރުން ވެސް އެކަމަށް އުޒުރެއް ނެތްކަން ކަށަވަރު ކުރުމަށެވެ.
މީގެ ކުރިން ވެސް ސިޔާމުގެ އެހެން ކުންފުންޏަކުން ވަނީ ސަރުކާރުގެ ގެރެންޓީއާއެކު 127 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފަ އެވެ. ޔާމީނުގެ ސަރުކާރުގައި 2017 ގައި ދިން އެ ގެރެންޓީގެ ދަށުން ޗައިނާގެ އެގްޒިމް ބޭންކުން ލޯނު ނެގީ ނ. ދިގުރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށެވެ. އެ ރިސޯޓު މިހާރު ވަނީ ތަރައްގީކޮށް ނިންމާ ‘ސިޔާމް ވޯލްޑް’ ގެ ނަމުގައި ހުޅުވާފަ އެވެ.
ރައީސް މުއިއްޒު ގެންދަވަނީ ދިވެހި ރައްޔިތުން މޯގޭޖް ކުރުމަށްފަހު ސިޔާސީ މަންފާ ހޯދުމަށާއި ފައިސާގެ ދަހިވެރިކަމުގައި ދައުލަތުގެ ރިސޯސަސްތައް ގުރުބާން ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ