އެންމެ މަގުބޫލު އެއަރޕޯޓް ހޮޓަލަކަށް އީކުއޭޓަރ ވިލެޖް ވާދަކުރަނީ: އަވަހަށް ވޯޓު ދެއްވާ! ދެ ކެޓަގަރީއަކުން އީކުއޭޓަރވިލެޖް ސަޓާއެވޯޑަށް ނޮމިނޭޓް ވެއްޖެ އީކުއޭޓަރ ވިލެޖުން މިއަހަރުގެ ރޯދަ މަހަށް ޚާއްޞަ ރޯދަ ވީއްލުން ޕެކޭޖް ތައާރަފްކޮށްފި އީކުއޭޓަރ ވިލެޖްގެ

ދުނިޔޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރާއި މެހެމާންދާރީގެ ޞިނާޢަތުގައި އެންމެ ފާހަގަ ކޮށްލެވޭ ޝަރަފްވެރި އެވޯޑު ޙަފްލާކަމަށްވާ ” ވޯލްޑް ޓްރެވެލް އެވޯޑްސްއިން އިންޑިއާ ކަނޑުގެ ލީޑިން އެއަރޕޯޓްގެ އެވޯޑު، އީކުއޭޓަރ ވިލެޖް ހޯދައިފިއެވެ. މިއީ މި ފަޚްރުވެރި އެވޯޑު ޖެހިޖެހިގެން އީކުއޭޓަރ ވިލެޖް ހޯދި ދެވަނަ ފަހަރެވެ. އަދި މިއީ އައްޑޫސިޓީއިން މިއަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑުގައި ދުނިޔޭގެ ފެންވަރުގެ މިފަދަ އެވޯޑެއް ޙާސިލުކުރި ހަމައެކަނި ފަރާތްވެސް މެއެވެ.
ރޯޔަލް އެއަރފޯސް ބޭސްއެއްގެ ގޮތުގައި މީގެކުރިން އޮތް އައްޑޫސިޓީ ގަމުގައި ކައިމޫ ހޮޓެލްސް އެންޑް ރިސޯޓްސް އިން ހިންގާ އީކުއޭޓަރ ވިލެޖަކީ އައްޑޫގެ ތާރީޚާއި ސަގާފަތާއި ޤުދުރަތީ ރީތިކަމާއި މެހްމާންދާރީއަށް އިސްކަން ދީގެން ޚިދުމަތް ދެމުންއަންނަ ހޮޓަލެކެވެ. ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަމުގެ މައިދޮރާށި ކަމުގައި ބެލެވޭ ގަންއެއަރޕޯޓާއި އެންމެ ގާތުން ޚިދުމަތް ފޯރުކޮށްދޭ މި ރިސޯޓަށް ވަނީ މިހާތަނަށްވެސް ދުނިޔޭގެ ފެންވަރުގެ ގިނަ އެވޯޑުތަކެއް ލިބިފައެވެ. އެގޮތުން ވިދިވިދިގެން 3 ފަހަރު ލީޑިން އެއަރޕޯޓް ހޮޓެލް ހޯދައިގެން 2022 ވަނަ އަހަރު ލީޑިން އެއަރޕޯޓް ހޮޓެލް ގޯލްޑް އެވޯޑު އުފުލާލި މިރިސޯޓަށް ، ހަމައެއަހަރު ލީޑިން ހެރިޓޭޖް ހޮޓެލް ސިލްވަރ އެވޯޑު ވެސް ވަނީ ލިބިފައެވެ. އޭގެ އިތުރުން ވެސް ބައިނަލް އަޤްވާމީ ގިނަ އެވޯޑްތަކެއް މިހާތަނަށް ޙާސިލް ކޮށް އެތައް ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ މި ހޮޓަލަކީ ފަތުރުވެރިންގެ ވެސް މަގުބޫލް މަންޒިލަކަށް ވެފައިވެއެވެ.
މިފަހަރުގެ އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު އެއާޕޯޓު ހޮޓަލުގެ މަގާމް އީކުއޭޓަރ ވިލެޖު ހޯދީ އެމަގާމަށް ނޮމިނޭޓްވި މޮރިޝަސްގެ އެސްޓޯރިއާ ބީޗާއި، މޮރިޝަސް މޮންޓްރެސަރ ގެ ހޮލިޑޭ އިން އާއި، ސީޝެލްސް ގެ ޖޭއޭ ވޯޓަރފްރަންޓް ގެ އިތުރުން ހުޅުލޭ އައިލޭންޑް ހޮޓަލާވެސް ވާދަ ކުރުމަށް ފަހު އެވެ. އީކުއޭޓަރ ވިލެޖަކީ ދެކުނު އޭޝިއާ ސަރަހައްދުން ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް ،ސަޓާއެވޯޑުޙަފްލާފަދަ ބައިނަލް އަޤްވާމީ ޙަފްލާއެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވި ހަމައެކަނި މަންޒިލް ވެސްމެއެވެ. އެއް ހަފްތާއަށް ދިގުދެމިގެންދިޔަ، ދިވެހިންގެ ސަގާފަތާއި ހުނަރުވެރިކަމާއި ފަންނުވެރިކަން އެކުލެވޭ ކުލަގަދަ ފެސްޓިވަލަކާއެކު ކުރިއަށްދިޔަ މިއެވޯޑު ޙަފްލާ އީކުއޭޓަރ ވިލެޖުގައި ބާއްވާފައިވަނީ 2017 ވަނަ އަހަރުއެވެ.
އީކުއޭޓަރ ވިލެޖުގެ ކާމިޔާބީއާއި ގުޅޭގޮތުން އެރިސޯޓުގެ މެނޭޖަރ މުޙައްމަދު ވަޙީދު ވިދާޅުވީ ރިސޯޓު ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައިވަނީ ކަމަށްކަމޭހިތާ ހީވާގި މުވައްޒަފުންތަކެއްގެ މިންނެތް މަސައްކަތާއި، އަދި މުޅި އައްޑޫސިޓީއިން ފަތުރުވެރިންނަށް ލިބެމުންދާ ހިތްހެޔޮކަމާއި ލޯތްބާއި މެހްމާންދާރީ ގެ ބޮޑުކަންކަމަށެވެ. އެރިސޯޓަށް ލިބެމުންދާ މިފަދަ ޝަރަފްވެރި އެވޯޑުތަކުގެ ސަބަބުން އީކުއޭޓަރ ވިލެޖާއި އަދި ވަކިން ޚާއްސަކޮށް އައްޑޫސިޓީގެ މަޤްބޫލުކަން ދުނިޔޭގެ ކަންކޮޅުތަކުގައި އުފުލިފައިވާކަން ވަޙީދު ފާހަގަކުރެއްވިއެވެ. ވަޙީދު ވިދާޅުވީ އީކުއޭޓަރ ވިލެޖުން އަބަދުވެސް މަސައްކަތްކުރަނީ އެތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެމީހުންގެ ހަނދާނުން ނުފިލާފަދަ ޚިދުމަތްތަކަކާއި ތަޖުރިބާ ތަކެއް ފޯރުކޮށްދިނުމަށް ކަމަށާއި، އެކަމުގެ ހެޔޮ ނަތީޖާ، އެއްފަހަރު ޚިދުމަތްހޯދާ ފަތުރުވެރިން ތަކުރާރުކޮށް އެތަނަށް ޒިޔާރަތްކުރާ ކުރުމުން ދޭހަވެގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ