ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޖިނާއީ މައްސަލަ ބަލާ ބެންޗު އެކުލަވާލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ބާތިލް ކުރުމަށް ނަޝީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މިއަދު ހަވީރު 4:00 އަށް ތާވަލްކޮށްފި އެވެ.
ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދަން ވަނީ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗެއް ކަނޑައަޅައިފަ އެވެ. ނަމަވެސް ނަޝީދުގެ ފަރާތުން ބުނަމުން ދަނީ އެ ބެންޗު ކަނޑައަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ހައި ކޯޓަށް ހުށަހެޅުމުން އެއީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ނިންމުމާ ގުޅިގެންނެވެ.
ނަޝީދުުގެ ގާނޫނީ ޓީމުން ބުނެފައި ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވާނީ ޖޭއެސްސީން ބެންޗު އެކުލަވާލަން ނިންމި އިދާރީ ނިންމުމާ ޗެލެންޖްކޮށް ކަމަށެވެ.
ނަޝީދުގެ މައްސަލަ ބަލާ ބެންޗުގެ ސައްހަކަމާ މެދު ގޮތެއް ނުނިމޭތީ، ނަޝީދުގެ މައްޗަށް ކުރާ އަސްލު ދައުވާ އޮތީ ވަކި ހިސާބަކުން ހުއްޓިފަ އެވެ. ނަޝީދުގެ މައްޗަށް ކުރަނީ ކުށް ނުކުރާ މީހަކު ގާނޫނާ ހިލާފަށް ހައްޔަރު ކުރުމުގެ ދައުވާ އެވެ. ނަޝީދުގެ އިތުރުން އޭރުގެ ޑިފެންސް މިނިސްޓަރާއި ސިފައިންގެ އެންމެ އިސް ވެރިންގެ ބައެއް ބޭފުުޅުންގެ މައްޗަށް ވެސް މި ދައުވާ ލިބެ އެވެ.
ނަޝީދުގެ މައްސަލަ ބަލާ ބެންޗު ބާތިލް ކުރުމުގެ މައްސަލަ މިއަދު ހަވީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ