އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ހާމަނާއީ އަވަހާރަކޮށްލަން އިޒްރޭލުން ހުށަހެޅި ހުށަހެޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާއިތުވި ދުވަސްތަކުގައި މަނާކުރައްވާފައިވާ ކަމަށް އެމެރިކާގެ ދެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން އިއްޔެ ބުނެފި އެވެ.
"އީރާނު މީހުން އެއްވެސް އެމެރިކާގެ މީހަކު މަރާލައިފިތަ؟ ނޫން. އެ މީހުން އެކަން ނުކުރާހާ ހިނދަކު، ސިޔާސީ ލީޑަޝިޕްގެ ފަހަތުން ދިއުމަށް އަޅުގަނޑުމެން ވާހަކަ ދައްކާކަށް ވެސް ނެތިން،" އެމެރިކާގެ އޮފިޝަލަކު ޓްރަމްޕާ ހަވާލާދީ ވިދާޅުވި އެވެ.
ނަން ހާމަނުކުރަން ބޭނުންވާ އޮފިޝަލުން ވިދާޅުވީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް އިޒްރޭލުން އީރާނަށް ބޮޑެތި ހަމަލާތަކެއް ދޭން ފެށި ފަހުން އެމެރިކާގެ އިސް އޮފިޝަލުން އިޒްރޭލުގެ އޮފިޝަލުންނާ މުއާމަލާތް ކުރަމުން އަންނަ ކަމަށެވެ.
އީރާނުގެ އެންމެ އިސް ލީޑަރު އަވަހާރަކޮށްލުމުގެ ފުރުސަތު އިޒްރޭލަށް އޮތް ކަމަށް އިޒްރޭލު މީހުން ރިޕޯޓްކުރި ނަމަވެސް ޓްރަމްޕް ވަނީ އެ ޕްލޭނަށް ދެކޮޅު ހައްދަވައިފަ އެވެ.
ޓްރަމްޕް އަމިއްލަފުޅަށް އެ މެސެޖު ދެއްވި ކަމެއް އޮފިޝަލުން ވިދާޅެއް ނުވެ އެވެ. ނަމަވެސް ޓްރަމްޕް ގެންދަވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވަރަށް ގިނައިން ގުޅުއްވަމުންނެވެ.
އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އެމެރިކާ އާއި އީރާނާ ދެމެދު އަލުން މަޝްވަރާތައް ފެށޭނެ ކަމަށް ޓްރަމްޕް ގެންދަވަނީ އުއްމީދު ކުރައްވަމުންނެވެ. ނަމަވެސް އިއްޔެ އޮމާންގައި ބާއްވަން ތާވަލުކުރި މަޝްވަރާތައް ކެންސަލްކުރީ ހަމަލާތައް ކުރިއަށްދާތީ ކަމަށް ރޮއިޓާސް އިން ބުންޏެވެ.
އީރާންގެ ހާމަނާއީ އަވަހާރަކޮށްލަން ޓްރަމްޕް ދެކޮޅު ހައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ