ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިން ސެންޓްރަލް އޭޝިއާ ކްލަބްތަކުގެ މެދުގައި ބާއްވާ ކާވާ، ޗެމްޕިއަންސް ލީގުގެ ފިރިހެން ޑިވިޝަނުގައި ކްލަބް އެޗްޑީސީގެ ޓާގެޓަކީ މެޑަލެއް ހޯދުން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.
މި ފަހަރުގެ ވޮލީބޯޅަ ސީޒަން އެޗްޑީސީ އަށް ނިންމާލަން ޖެހުނީ ހުސް އަތާ އެވެ. އެއީ، ފުރަތަމަ މުބާރާތް، ވީއޭއެމް ކަޕުގެ ފައިނަލުގައި ސިފައިންގެ އަތުން ބަލިވެ، ލީގުގެ ތިން ވަނަ ލިބުނުއިރު، ގައުމީ މުބާރާތުގެ ފައިނަލުގައި ސިފައިން އަތުން ބަލިވުމުންނެވެ.
ވޮލީބޯޅަ ސީޒަނަށް ފަހު މީޑިއާ އަށް ދިން އިންޓަވިއުގައި ކާއްޓޭ ބުނީ، މި ފަހަރުގެ ވޮލީ ސީޒަނުގައި، ކާމިޔާބު ހޯދި، ސިފައިންގެ ޓީމުގެ ތަފާތަކަށްވީ ބިދޭސީ ކުޅުންތެރިން ކަމަށެވެ. އަދި، އެޗްޑީސީން ފުރަތަމަ މުބާރާތުގެ ފައިނަލުގައި ސިފައިންގެ އަތުން ބަލިވުމުން، އޭގެއިން އަރައި ނުގަނެވި، ލީގުގައި އެންމެ އެދެވޭ ކުޅުން އެޓީމަށް ދެއްކިފައިނުވާ ކަމަށް ކާއްޓޭ ބުންޏެވެ.
"އެޗްޑީސީ އަކަށް އަނެއްހެން މައްސަލަ އެއް ދިމާއެއް ނުވޭ. ފައިނަލުގައި ބަލިވުމުން އޭގެއިން އަރައި ނުގަނެވި، ދިޔައީ، އެކަމަކު ލީގު ނިމެން ދިޔައިރު، ރަނގަޅު ފޯމަކަށް އެޅުނު. ދެން ސިފައިންގެ ތަފާތަކީ އެ ޓީމުގައި އެތިބި ބިދޭސީ ކުޅުންތެރިން. ތަންކޮޅެއް ޕާފޯމެންސް ރަނގަޅުކޮށް ފެނުނީ." ކާއްޓޭ ބުންޏެވެ.
ކާއްޓޭ ބުނީ އެޗްޑީސީ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ ކާވާ މުބާރާތައް ކަމަށެވެ. އެ ގޮތުން އެ މުބާރާތައް އެޗްޑީސީން ނުކުންނާނީ ބޭރު ސެޓަރަކާއެކުގައި ކަމަށާއި، އެޗްޑީސީގެ އަމާޒަކީ މެޑަލް އެއް ހޯދުން ކަމަށެވެ.
އެޗްޑީސީގެ ޓާގެޓް ކާވާ މުބާރާތުން މެޑަލަކަށް އެޗްޑީސީގެ ޓާގެޓް ކާވާ މުބާރާތުން މެޑަލަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ