ވޭތުވެ ދިޔަ އަހަރުތަކެކޭ އެއްފަދަ އިން މިއަހަރު ވެސް މައުމޫނު ފައުންޑޭޝަނުގެ ފަރާތުން ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމުގެ ޖަލްސާތައް ބާއްވާނެ ކަމަށް އެ ފައުންޑޭޝަނުން ބުނެފި އެވެ.
މައުމޫން ފައުންޑޭޝަނުން މައުލޫމާތު ދިން ގޮތުގައި މިއަހަރު ކުރިއަށްގެންދާ ޕްރޮގުރާމްގައި ވެސް ގުރުއާން ކިޔެވުމާއި ދީނީ ނަސޭހަތްދިނުން އޮންނާނެ އެވެ. އަދި އެ އެ ޕޮރްގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ރޯދަ މަހުގެ ކޮންމެ ބުދަ ދުވަހެއްގަ އެވެ.
އިސްލާމީ މަރުކަޒު ހޯލުގައި ކުރިއަށް ގެންދާ އެ ފޮރްގްރާމް ބޭއްވުމަށް ހަމަ ޖެހިފައި ވަނީ ރޭގަނޑު 10:00 ގައި ކަމަށް ވެސް މައުމޫން ފައުންޑޭޝަނުން ބުންޏެވެ.
އޭގެ އިތުރުން މައުމޫން ފައުންޑޭޝަނުން ބުނީ ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމަށް ބާއްވާ ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވާނީ ކުރީގެ ރައީސް އަދި މައުމޫން ފައުންޑޭޝަނުންގެ ޗެއާމަން މައުމޫން އަބްދުލް ގައްޔޫމް ކަމަށެވެ.
ރޯދަމަސް އިހްޔާކުރުމުގެ ޖަލްސާތައް މައުމޫން ފައުންޑޭޝަނުން މިއަހަރު ކުރިއަށް ގެންދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ