ގާތިލުންނަށް ޙައްޤު އަދަބު ދިނުމަށް ރައީސް މައުމޫން ގޮވާލައްވައިފި

ގާތިލުންނަށް ޙައްޤު އަދަބު ދިނުމަށް ރައީސް މައުމޫން ގޮވާލައްވައިފިއެވެ.ގާތިލުންނަށް ޙައްޤު އަދަބު ދިނުމަށް ގޮވާލައްވާ ރައީސް މައުމޫން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީހުން މަރާމީހުން ހައްޔަރުކޮށް ގާނޫނުގައިވާ ގޮތުގެމަތިން އަދަބު ދޭންޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި މީހުން މަރާފައިވާ ބޮޑެތި ޤާތިލުން ކޮބައިތޯ އާއި އެމީހުންނަށް ޙައްޤު އަދަބު ދެވުނުތޯ ރައީސް މައުމޫން ވަނީ ސުވާލު ކުރައްވާފަ އެވެ.އެގޮތުން ޑރ. އަފްރާޝީމް ޢަލީ އާއި، މުހީތު، އަދި ޕޮލިސް އާދަމް ހަލީމާއި، އެހެނިހެން މީހުން މަރާލި ގާތިލުން ޤާޠިލުން ކޮބައިތޯ ވަކިވަކިން ރައީސް މައުމޫން ސުވާލު ކުރައްވާފައި ވާއިރު، މީހުން މަރާ ހުރިހާ އެންމެން ހައްޔަރުކޮށް ގާނޫނުގައިވާ ގޮތުގެ މަތިން އަދަބު ނުދެވެނީ ކީއްވެތޯ ރައީސް މައުމޫން ވަނީ ސުވާލު ކުރައްވާފައެވެ.All murderers must be caught n punished according to law. Where are the killers of Afrashim, Muheeth, policeman Haleem n others?— Maumoon Abdul Gayoom (@maumoonagayoom) August 1, 2014މީގެ އިތުރުން ކުރީގެ ރައީސް މައުމޫން ވަނީ ކ. ތުލުސްދޫގައި އިހަށްދުވަހު އަނިޔާވެރި ގޮތެއްގައި ވަޅިހަރައި، އެރަށު ބިޖިލީއުފާ، ޢުމުރުން 34 އަހަރުގެ އަލީ ޝިހާމް، މަރާލި މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައި، އެ ޢަމަލަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވިދާޅުވެފައެވެ.I condemn in strongest terms the murder that took place in Thulusdhoo last night. What a senseless crime!— Maumoon Abdul Gayoom (@maumoonagayoom) August 1, 2014ސިޔާސީ ބައެއް ކަންކަމުގައި ފަހަކަށް އައިސް ރައީސް މައުމޫނާއި ރައީސް ޔާމީންގެ ވިސްނުންފުޅު ތަފާތުވެފައި ވަނިކޮށް މަރުޙޫމް ޑރ އަފުރާާޝީމުގެ ޤާޠިލުން ހޯދައި ހައްޤު އަދަބު ދެއްވުމަށް ރައީސް މައުމޫން ގޮވާލެއްވުމަކީ ބައެއް ފަރާތްތަކުން މި މައްސަލާގައި ރައީސް ޔާމީނާއި ދިމާއަށް ދިއްކުރައްވާ ތުހުމަތުގެ އިނގިއްޔަށް ނިސްބަތް ކުރައްވާ އެއްލެވި ސިޔާސީ ވަރުގަދަ ތީރެއް ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ