ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކައުންސިލަށް އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު ޔުމްނާ މައުމޫން އައްޔަނު ކުރައްވައިފި އެވެ.
ޔުމްނާ މައުމޫން ކައުންސިލް މެންބަރު ކަމަށް އައްޔަން ކުރައްވާފައި މިވަނީ ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި އެވެ.
މީގެކުރިން ޔުމްނާ ވަނީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލްކަން ވެސް ކުރައްވާފައެވެ.
ޕީޕީއެމުން ބުނީ މިރޭގެ ބައްދަލުވުމުގައި ކައުންސިލުން ހުސްވެފައިވާ 4 މަގާމަކަށް މެންބަރުން އައްޔަންކޮށްފައިވާ ކަމަށެވެ.
އެއީ ޔުމްނާގެ އިތުރުން ކިނބިދޫ ދާއިރާގެ ކުރީގެ މެންބަރު މޫސާ ޒަމީރާއި ޕީޕީއެމް ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހިމް ޔޫސުފާއި މާލެ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޒައިދުލްއަމީން އެވެ.
ޕީޕީއެމްގެ އާންމު މެންބަރުންގެ ތެރެއިން ކައުންސިލްގައި 10 މެންބަރުން ތިއްބަވަ އެވެ.
ޕީޕީއެމްގެ ކައުންސިލަށް ޔުމްނާ މައުމޫން އައްޔަން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ