މައުމޫން ހަމީދަށް ވޯޓު ނުދިނުމަށާއި މުހްތާޒްއަށް ވޯޓު ދޭވޭ ގޮތަށް އެމްޑީޕީއިން ނިންމައިފި

ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ދެ ނަމުގެ ތެރެއިން ޤާނޫނީ ވަކީލް މައުމޫން ހަމީދަށް ވޯޓު ނުދިނުމަށް ރެޑް ތްރީ ލައިން ވިޕެއް ނެރެ، އަދި ކްރިމިނަލް ކޯޓުގެ ގާޒީ މުހްތާޒް މުހްސިންއަށް ވޯޓު ދިނުމަށް ފްރީ ވިޕެއް ނެރެފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިރޭ ބޭއްވި ބައްދަލުވުމެއްގައި، މިގޮތަށް ފާސްކުރީ، ހުޅުހެންވޭރު ދާއިރާގެ މެމްބަރ ރީކޯ މޫސާ މަނިކު ހުށަހެޅުއްވި ހުށަހެޅުމަށް، ކުޅުދުއްފުށީ އުތުރ ދާއިރާގެ މެމްބަރ އަބްދުލްޣަފޫރު މޫސާ ތާއީދު ކުރައްވައިގެން ނެގުނު ވޯޓަކުންނެވެ.
ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިގަތް 20 މެމްބަރުންގެ ތެރެއިން، މި ހުށަހެޅުމަށް ތާޢީދުކޮށް، މުހްތާޒް މުހުސިންއަށް ވޯޓު ދިނުމަށް ފްޜީ ވިޕެއް ނެރުމަށް ވޯޓު ދިނީ 13 މެމްބަރުންނެވެ.
މާދަމާ ނަގާ މި ވޯޓުގައި ބައިވެރި ނުވުމަށް ވެސް އެ ބައްދަލުވުމުގައި ވޯޓަށް ހުށަހެޅުނެވެ. ނަމަވެސް މި ހުށަހެޅުން ވަނީ ފާށް ނުވެފަ އެވެ.
އެމްޑީޕީއިން މިހެން ނިންމާފައިވާ އިރު، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕަށް، މައުމޫން ހަމީދަށް ތާޢީދު ކުރުމަށް އަންގާފައި ވަނިކޮށް، އެ އެންގުމާ ޚިލާފަށް މުހްތާޒް މުހުސިންއަށް ތާއީދު ކުރަން އެޕާޓީގެ ޕާލަމެންޓްރީ ގްޜޫޕުން ވަނީ ތްރީ ލައިން ވިޕެއް ނެރެފަ އެވެ.
އަދި، ސަރުކާރު ކޯލިޝަންގައި ހިމެނި، ޕީޕީއެމްގެ ިނިންމުންތަކާ އެއްގޮތަށް އަބަދުވެސް އަމަލު ކުރަމުން އަންނަ އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުން ވެސް ވަނީ މުހްތާޒް މުހްސިންއަށް ތާއީދު ކުރުމަށް ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ