ރައްޔިތުން މާޔޫސްވިޔަ ނުދޭން ޖާބިރު އަމިއްލަ ގޮތުން ކާށިދޫ ދާއިރާއަށް

އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާކަމަށް ސްޕެޝަލް އެންވޯއީ ޓު ދަ ޕްރެޒިޑެންޓް އަދި އެދާއިރާގެ ކުރީގެ މެމްބަރު، އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު އެދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާއިރު، އޭނާވަނީ އެމްޑީޕީގެ ޕްރައިމަރީގައި، އެދާއިރާގެ ޓިކެޓު ހޯއްދަވަން ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންފައެވެ. އޭނާއަށް ޕްރައިމަރީ އިން ނާކާމިޔާބުވެވަޑައިގެންނެވީ ބޮޑު ތަފާތަކުންނެވެ.
އޭނާ ވިދާޅުވީ ޕްރައިމަރީ އިން ބަލިވާ ފަރާތްތައް އަމިއްލަ ގޮތުން ވާދަކުރުން މަނާކުރުން، ޤާނޫނު އަސާސީއާ ޚިލާފުކަމުގައެވެ. އަދި އެކަން ބަދަލު ކުރަން ސުޕްރީމް ކޯޓަށްވެސް ވަޑައިގަންނަވާނެކަމަށް ޖާބިރު ވިދާޅުވިއެވެ.
"ޕްރައިމަރީ އިން ބަލިވާ ފަރާތްތައް އަމިއްލަ ގޮތުން ވާދަ ކުރުން މަނާކުރުން ޤާނޫނު އަސާސީއާ ޚިލާފު. އެކަން ބަދަލުކުރުމަށް ސުޕްރީމް ކޯޓަށް ދާނަން." ޖާބިރު މިއަދު ވިދާޅުވިއެވެ.
މީގެއިތުރުންވެސް، ޖާބިރު ވިދާޅުވީ އޭނާ ކާށިދޫ ރައްޔިތުން މާޔޫސްވިޔަކަ ނުދޭނެކަމުގައެވެ.
17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޖާބިރު ކާށިދޫ ދާއިރާގެ މެންބަރުކަން ކުރެއްވިއެވެ. އެހެންނަމަވެސް، މުޅި ދައުރު އެއްކޮށް މެންބަރުކަން ނުކުރައްވައެވެ. އޭނާ އެދާއިރާގެ ގޮނޑި ހޯއްދެވީ ބައި-އިލެކްޝަން އެއް ކާމިޔާބު ކުރައްވައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ