އެންޑީއޭއިން ރަށްރަށުގައި ހިންގާ ސެންޓަރުތަކުގައި ބޮޑެތި އިހުމާލުތައް އެބަހުރި: ކޮމިޓީ

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ރަށްރަށުގައި ހިންގާ ސެންޓަރުތަކުގައި ވަރަށް ބޮޑެތި އިހުމާލުތަކެއް އެބަހުރި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިއަދު ބުނެފި އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މީގެ ނުވަ އަހަރު ކުރިން އުފައްދާފައިވާ އެޖެންސީ ބަދަލުކުރުމަށް އެދި 1،000 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކު މަޖިލީހަށް ވަނީ މިދިޔަ މާޗު މަހު ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. އެ ޕެޓިޝަން ބަލައިގަނެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން އަންނަނީ އެކަން ދިރާސާކުރަމުންނެވެ.
ޕެޓިޝަން ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު، މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް އެންޑީއޭއިން ރަށްރަށުގައި ހިންގާ ސެންޓަރުތަކަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
NDA badhalu kuran govaalai 1,000 ah vure gina meehunge soyaa eku Majlis ah petition eh
The most trusted news source in the Maldives
Mihaaru
ދެ ގްރޫޕަކަށް ބަހާލައިގެން ހދ. ހަނިމާދު އާއި ގދ. ތިނަދު އާއި ފުވައްމުލައް އަދި އައްޑޫގައި ހުންނަ ޑްރަގްގެ ފަރުވާދޭ މަރުކަޒަށް ޒިޔާރަތްކޮށް އެ ތަނުގެ ހާލަތު ވަރަށް ރަނގަޅަށް ބަލާފައި ވެ އެވެ. އޭގައި، މުވައްޒަފުންގެ ފަރާތުން މައުލޫމާތު ސާފުކުރުމާއި އެންޑީއޭއާ ދެމެދު ކޮށްފައިވާ މުއާމަލާތްތައް ވެސް ހިމެނެ އެވެ.
ކޮވިޑު-19 އާ ގުޅިގެން ކ. ހިންމަފުށީ މޮނިޓަރިންގެ ހާލަތުގައި އޮތުމުން އެ ރަށުގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރަށް އަދި ޒިޔާރަތެއް ނުކުރެވެ އެވެ. ކޮމިޓީން މީގެ ކުރިން ވަނީ މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުގެ ހާލަތު ބަލައިފަ އެވެ.
ނަސީރު ވިދާޅުވީ ސެންޓަރުތަކަށް ކުރި ޒިޔާރަތުން ބޮޑެތި އިހުމާލުތަކެއް އޮތްކަމަށް ފާހަގަކުރެވޭ ކަމަށެވެ.
Massala thah hurikan gabool kuran, mi annanee badhalu thah gennamun: NDA board
The most trusted news source in the Maldives
Mihaaru
"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ވަރަށް ބޮޑެތި އިހުމާލުތައް މީގައި އޮތް ކަމަށް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ކޮމިޓީން މަސައްކަތްކުރާނީ މާލޭގައި ޖެންޑާ މިނިސްޓްރީއާއެކު އެންޑީއޭގެ ވެސް އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވަން،" ނަސީރު ވިދާޅުވި އެވެ.
އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ހޭންޑްސް ޓުގެދާ" އިން އިސްވެ ތައްޔާރުކުރި ޕެޓިޝަނުގައި ބުނީ ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ ކަންކަމެވެ. ނަމަވެސް އެ ވަބާގެ ސަބަބުން މުޅި ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރަން އެންޑީއޭ ނުކުޅެދިފައިވާ ކަމަށް ބުންޏެވެ.
އެކަމާ ގުޅިގެން އެންޑީއޭ ބޯޑުގެ ޗެއާމަން އަބްދުލް ހަމީދު ވިދާޅުވީ އެ އެޖެންސީ ހިންގުމާއި ފަރުވާގައި މައްސަލަތައް ހުރިކަން ގަބޫލުކުރައްވާ ކަމަށާއި އެކަންކަމަށް ހެޔޮ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ހަމީދު ވިދާޅުވީ ޕެޓިޝަންގައި ބުނެފައި ހުރި ވަރަށް ގިނަ ކަންތައްތައް ބަދަލުކުރަން މިހާރު ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފަރުވާގެ ހުރިހާ ޕްރޮގްރާމެއް ރިވިއުކުރުމާއި މިހާރު ފަރުވާ ދޭ ނިޒާމް އެއްކޮށް ބަދަލުކުރުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ