އިންޑިއާގެ ޙާލަތާމެދު، ރައީސުލްޖުމްހޫރިއްޔާ ކަންބޮޑުވުން ފާޅުކުރައްވައިފި

އިންޑިއާގައި ކޯވިޑް-19ގެ ޙާލަތު ގޯސްވަމުންދިޔުމާ ގުޅިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަންބޮޑުވެވަޑައިގެން ހިތާމަ ފާޅުކުރައްވައިފިއެވެ.ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑުގެ އާ ރާޅާއެކު އިންޑިއާއަށް ދިމާވެފައިވާ ހާލަތާމެދު ހިތާމަ ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މި ނާޒުކު ހާލަތުގައިވެސް ދިވެހި ރާއްޖެ އޮތީ އިންޑިއާއާއެކުގައިކަމަށެވެ.ރައީސް ސޯލިހް ވަނީ އިންޑިއާއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ކެނޑިނޭޅި ކުރަމުން އަންނަ މިންނެތް މަސައްކަތަށް ފާހަގަކުރައްވާ އެ މަސައްކަތަށް ހިތްވަރުދެއްވާފަ އެވެ.އިންޑިއާއަށް މިވަގުތު ކޯވިޑް-19ގެ އިތުރު ރާޅެއް ކުރިމަތިވެ އެޤައުމުގެ ސިއްޙީ ނިޒާމަށްވަނީ ނުތަކާފައެވެ. އިންޑިއާގެ އެކި ސަރަޙައްދުތަކަށް ބޭނުންވާ ބޭހާއި މެޑިކަލް އޮކްސިޖަން ފޯރުކޮށްދިނުމުގައި ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.މުޅި ދުނިޔޭގައިވެސް މިވަގުތު ކޯވިޑް-19ގެ ޙާލަތު އެންމެ ގޯސް އެއްޤައުމަކީ އިންޑިއާއެވެ. އެޤައުމާމެދު މުޅި ދުނިޔެވެސްވަނީ ކަންބޮޑުވެ ޙަމްދަރުދީ ފާޅުކޮށް އެހީވަމުންނެވެ.ކޮވިޑަށް މިހާތަނަށް އިންޑިއާއިން 17،997,267 މިލިއަން މީހުން ޕޮޒިޓިވްވެފައިވާ އިރު، މި ބަލީގައި މިހާތަނަށް އެ ގައުމުން 201,187 މީހުން ވަނީ މަރުވެފައެވެ. އަދި ކޮވިޑުގައި އިންޑިއާއިން 14،817,371 މީހުން ވަނީ ފަސޭހަވެފައިވާއިރު، އެކްޓިވްކޮށް 29,78,709 ކޭސް އެބައޮތެވެ. އިންޑިއާގައި ބަލި ފެތުރޭ މިންވަރު އިތުރުވެ ބަލީގެ އިތުރު ވޭރިއެންޓުތައް ފެންނަމުން ދިޔުމާ ގުޅިގެން ބަލި ކޮންޓްރޯލްކުރުމަށް ސްޓޭޓުތަކުގައި އަންނަނީ ފުރަބަންދު ޢިއުލާންކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ