"އެފް 88 އެނާޖީ" ޑްރިންކުން ފަސް ލައްކަ ރުފިޔާގެ ޕްރޮމޯޝަނެއް!

އިންޓަނޭޝަނަލް ޓީވީ ޗެނަލެއް ކަމަށްވާ ފެޝަން ޓީވީގެ އޮފިޝަލް އެނާޖީ ޑްރިންކް "އެފް 88 އެނާޖީ"ގެ ފަރާތުން ފަސް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ. އެފް 88 އެނާޖީ ޑްރިންކް ރާއްޖެ އެތެރެކޮށް ވިއްކާ އައިލެންޑާސް މޯލްޑިވްސްގެ ޑިރެކްޓަރު އީދާމް ރަޝީދު ވިދާޅުވީ މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ޖުމްލަ އިނާމުގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ދޭއިރު، ފަސް ފަރާތެއް ހޮވައި ކޮންމެ ފަރާތަކަށް އެއް ލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. "މި ޕްރޮމޯޝަންގައި އެފް 88 އެނާޖީ ޑްރިންކް ދަޅެއް ގަތުމުން ބައިވެރިވެވޭނެ. މި ޑްރިންކް ވިއްކާ ތަންތަނުން ގަންނަ ކޮންމެ ދަޅަކަށް ކާޑެއް ދޭނެ. އެ ކާޑުގައި އިންނަ ޕިން އެސްއެމްއެސް ކުރުމުން މި ޕްރޮމޯޝަންގައި އެ ނަމްބަރެއް ރަޖިސްޓްރީކުރެވޭނެ. ކޮންމެ ކާޑެއްގައި ވެސް އިންނާނީ އިންޑިވިޖުއަލް ޕިނެއް. އެ ޕިން 1888 އަށް އެސްއެމްއެސް ކުރާނީ،" އީދާމް ވިދާޅުވި އެވެ. އީދާމް ވިދާޅުވީ މި ޕްރޮމޯޝަން ކުރިއަށްގެންދަނީ ފެޝަން ޓީވީއާ ގުޅިގެން ކަމަށާއި، ރާއްޖެއަކީ މި ޑްރިންކް ޓެސްޓްކުރަން ވިއްކާ މި ސަރަހައްދުގެ ފުރަތަމަ ގައުމު ކަމަށެވެ. "އަޅުގަނޑުމެންނަކީ އެފް ބެވަރޭޖަސް ސްރީލަންކާ އާއި އިންޑިއާ އަދި ބަނގްލަދޭޝްގެ އިތުރުން ސީޝެލްސް ފަދަ ގައުމުތަކަށް ފޯރުކޮށްދޭ ކުންފުނި،" އޭނާ ވިދާޅުވި އެވެ. އީދާމް ވިދާޅުވީ އެފް 88 އެނާޖީ ޑްރިންކުގެ އިތުރުން އެފް ޓީވީގެ އެފް 18 އެނާޖީ ޑްރިންކު ވެސް އަންނަ މަހުގެ 25 ވަނަ ދުވަހު ރާއްޖެ އަށް ތައާރަފުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ