ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް ފަށަން ސްޓެލްކޯ އިން ތައްޔާރުވެއްޖެއެވެ.
ސްޓެކްލޯ އިން މިއަދު ބުނީ ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް ކުރަންޖެހޭ އިންސްޕެކްޝަންގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. މި އިންސްޕެކްޝަނަށްފަހު ކަރަންޓު ދިނުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
"ފްލެޓުތައް ދޫކުރުމަށް ހަމަޖެހިފައިވާ ތާރީހުގެ ކުރިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީ ނިންމައިލެވޭނެ،" ސްޓެލްކޯ އިން ބުންޏެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އިމާރާތް ކޮށްފައިވެއެވެ.
ހިޔާ ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އިއުލާންކޮށްފައިވާ އިރު، މި މަސް ނިމުމުގެ ކުރިން ފައިނަލް ލިސްޓު އިއުލާންކުރާނެ ކަމަށް ފްލެޓު ކޮމިޓީން ވަނީ ބުނެފައެވެ.
ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ