މީކާއިލް ގޮވައިގެން ސުޕްރީމް ކޯޓަށް ވަންނާނަން: މިނިސްޓަރ މަލީހު
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ގޮވައިގެން ސުޕްރީމް ކޯޓަށް ވަންނާނެ ކަމަށް މިނިސްޓަރު އޮފް ކޮމިއުނިކޭޝަންސް ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި ހުންނެވި މުހައްމަދު މަލީހް ޖަމާލް އަހުމަދު ވިދާޅުވެއްޖެ އެވެ.މަލީހު މިހެން ވިދާޅުވެފައިމިވަނީ އޭނާގެ އިތުބާރުނެތްކަމަށް މަޖިލީހުން ފާސްކޮށްދިނުމަށް އެދި އެމް.ޑީ.ޕީ ޕާލަމެންޓްރީ ގްރޫޕަށް މައްސަލައެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. އެ މައްސަލަ ހުށަހެޅުއްވީ 10 މެމްބަރުންގެ ސޮޔާއެކު ކަމަށްވާއިރު އެ މައްސަލަ ހުށަހެޅުއްވުމުގައި އިސްކޮށް ހުންނެވީ މެމްބަރު މީކާއިލް އެވެ.މަލީހު މަގާމުން ވަކިކުރުމުގައި އިސްކޮށް ހުންނެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އޭނާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރު އޮފް ކޮމިއުނިކޭޝަންސް ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި ހުންނެވި މަލީހު ޖަމާލުގެ އިތުބާރުނެތް ކަމަށް މަޖިލީހުން ފާސްކޮށްދިނުމަށް އެދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅައިފި ކަމަށެވެ.ވީޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ، ބައެއް މަޖިލިސް މެމްބަރުންނަށް ހީވަނީ ސަރުކާރު ހިންގަނީ މަޖިލީހުންނެވެ. ނަމަވެސް ސަރުކާރު ހިންގާނެ ސިޔާސަތު މަޖިލީހަށް ކަނޑަނޭޅޭނެ ކަމަށާއި، އެއީ މަޖިލީހުގެ ޒިންމާ ނޫން ކަމަށް ވިދާޅުވި އެވެ.އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެންބަރުން އަންނަނީ މަލީހަށް ފާޑު ވިދާޅުވަމުންނެވެ.މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ލިބިދޭ ހައްގެއްގެ ބޭނުން ހިފުމުން އަދަބު ދޭން އުޅުމަކީ ދުސްތޫރުގައި ކޮޅުފައިން ޖެހުން ކަމަށެވެ. އަދި މިއީ ޑިމޮކްރެސީގެ އަސާސްތައް ފުނޑުފުނޑުކޮށްލުން ކަމަށާއި މިއީ ނުރައްކަލުގެ ރަނގަބީލެއް ކަމަށްވެސް މަލީހު ވިދާޅުވިއެވެ."މީކާއިލް ގޮވައިގެން ސުޕްރީމް ކޯޓަށް ވަންނާނަން" މަލީހު ވިދާޅުވިއެވެ.މަލީހް މަގާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ކުރައްވަމުން ގެންދަވާއިރު، މަލީހަށް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވެފައިވާ އެއް މައްސަަލައަކީ އިންޓަނެޓްގެ އަގު ހެޔޮ ނުވުމެވެ. އެކަމަކު އޭނާ ވިދާޅުވެފައި ވަނީ އިންޓަނެޓުގެ އަގު ހެޔޮކުރަން އެ މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް ނިންމައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ރައީސް އޮފީހުން މި މައްސަލައިގައި ކުރިމަތިވާ ފާޑުކިޔުންތަކަށް ޖަވާބުދާރީއެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ