ރާއްޖެއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 110އަށް

ރޭ ރާއްޖެއިން އިތުރު ދެ ދިވެހިން ކޮވިޑް19 އަށް ޕޮޒިޓިވްވެ ރާއްޖެއިން މިބަލި ޖެހިފައިވާ މީހުންގެ އަދަދު 110 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަތިހު ބުނެފައިވަނީ ބުނީ ދެ ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ދެމީހުންގެ ތެރެއިން އެކަކަށް ކޭސް ނަންބަރު 26 ދީފައިވާ ކަމަށެވެ. ކޭސް 26 އަކީ ޕްރޮބަބްލް ކޭސްއެއްގެ ގޮތުގައި އޮތް ކޭހަކަށް ވާތީ ރޭ އެޗްޕީއޭއިން ވަނީ އޭގެ ފަހުން ޕޮޒިޓިވްވާ ފަރާތަކަށް އެ ކޭސްނަންބަރު ދޭން ނިންމާފައެވެ.
ކޮވިޑް19 ރާއްޖެއިން ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 16 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ބަލި ޖެހުނު އިޓަލީ ދެ މީހަކު ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ފުރި ފަހުންނެވެ.
މިމަހުގެ 15 އިން ފެށިގެން ރާއްޖެއިން ކޭސްތައް ފެނިފައިވާ ގޮތުގެ ތަފްސީލު:
އޭޕްރީލް 15: 1 ކޭސް
އޭޕްރީލް 16: 2 ކޭސް
އޭޕްރީލް 17: 5 ކޭސް
އޭޕްރީލް 18: 7 ކޭސް
އޭޕްރީލް 19: 17 ކޭސް
އޭޕްރީލް 20: 15 ކޭސް
އޭޕްރީލް 21: 17 ކޭސް
އޭޕްރީލް 22: 2 ކޭސް
އޭޕްރީލް 23: 23 ކޭސް
އޭޕްރީލް 24: 2 ކޭސް(މިއަދުގެ މިހާތަނަށް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ