ކާންޔޭ ވެސްޓާއި ކިމް ކާޑޭޝިއަންގެ ކައިވެންޏަށް ބާރގަރ ކިންގ އިން ކޭޓަރ ކުރަނީ

މަޝްހޫރު ލަވަކިތުންތެރިޔާ ކާންޔޭ ވެސްޓާއި އޭނާގެ ލޯބިވެރިޔާ އަދި ރިއަލިޓީ ޝޯވ ތަރި ކިމް ކާރޑޭޝިއަންގެ ކައިވެނި ހަފްލާއަށް ކޭޓަރ ކުރުމަށް މަޝްހޫރު ފާސްޓްފުޑް ޗެއިން ބާރގަރ ކިންގ އިން ހުށަހަޅައިފި އެވެ.
ބާރގަރ ކިންގ އިން ޢާންމުކޮށް ކާންޔޭގެ ކައިވެންޏަށް ކޭޓަރ ކުރުމަށް ހުށަހެޅީ، ކާންޔޭ ކިމް އަށް ބާރގަރ ކިންގގެ 10 ޗެއިން ޔޫރަޕުގެ އެކި ހިސާބުތަކުން ގަނެދިން ކަމަށް އިނގިރޭސި ވިލާތުގައި އަޑު ފެތުރެމުން ދާ ދަނޑިވަޅެއްގަ އެވެ.
އިނގިރޭސި ވިލާތުގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި، ކާންޔޭ ވަނީ ޔޫރަޕުގެ އެކި ހިސާބު ތަކުން ބާރގަރ ކިންގގެ 10 ރެސްޓޯރަންޓް ކިމް ހިންގުމަށް ގަނެފަ އެވެ. މިއީ ކިމް އަކީ ބައިނަލްއަޤްވާމީ ވިޔަފާރިއަކަށް ހެދުމުގެ ބޭނުމުގަ އެވެ.
ބާރގަރ ކިންގ އިން ޢާންމު ކުރި ބަޔާނެއްގައި ބުނީ، ރަސްމީކޮށް ކާންޔޭ ބާރގަރ ކިންގގެ ޗެއިންތަކެއް ގަތް ކަން އެނގިފައި ނުވާ ނަމަވެސް، އެ ދެމީހުންގެ ކައިވެންޏަށް ކޭޓަރު ކުރެވިދާނެ ކަމަށެވެ.
"އަހަރުމެންނަށް ވަނީ ބާާރގަރ ކިންގ އާ ގުޅުންހުރި ވާހަކަތަކެއް ކިމް ކާޑޭޝިއަނާ ކަންޔޭ ވެސްޓާ ގުޅޭ ގޮތުން އަޑު އިވިފައި. ރަސްމީ ކޮށް މިކަމާ ބެހޭ އެއްވެސް ކަމެއް މިހާތަނަށް އެނގިފައި ނުވާ އިރު ވެސް، ބާރގަރ ކިންގ އިން ބޭނުންވޭ ބުނަން އެ ދެ ފަރާތުގެ ކައިވެނީގެ ހަފްލާއަށް ކޭޓަރު ކޮށްދެވޭނެ ވާހަކަ!" ބާރގަރ ކިންގގެ އޮފިޝަލެއް ޢާންމު ކުރި ބަޔާނުގައި ބުނެފައި ވެ އެވެ.
ކާންޔޭ ކިމްއާ ކައިވެނި ކުރުމަށް އދިފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.
ލޯބީގެ ގޮތުން 2012 ވަނަ އަހަރު ގުޅުނު މި ދެމީހުންނަށް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ އަންހެން ދަރިއެއް ވެސް ލބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ