މިއަހަރުގެ ބައެއް ދުވަސްތަކުގައި ކައިވެނިކޮށް ނުދޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް ހުރިހާ ދުވަހެއްގައިވެސް ކައިވެނިކޮށް ދޭން ފެމިލީ ކޯޓުން މިއަދު ނިންމައިފި އެވެ.މިކަމާއި ގުޅިގެން ފެމިލީ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މި އަހަރުގެ ހުރިހާ ދުވަހެއްހައިވެސް ކައިވެނިކޮށް ދޭ ގޮތަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިހާރު ނިންމާފައިވާ ކަމަށެވެ.ފެމިލީ ކޯޓުން ކުރިން ނިންމާފައިވާ ގޮތުން މިއަހަރު އެއްވެސް ހޮނިހިރު ދުވަހެއްގައި ކައިވެނިކޮށެއް ނުދޭނެ އެވެ. އަދި ރޯދަ މަހުގެ ފުރަތަމަ ދެ ދުވަހާއި އީދު ދުވަސްތަކާ ގުޅިގެން އަންނަ ބަންދު ދުވަސްތަކާއި މިނިވަން ދުވަހުގެ މުނާސަބަތުގައި އަންނަ ބަންދު ދެ ދުވަހުވެސް ކައިވެނިކޮށް ނުދޭން އެ ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.މިއައި ބަދަލާއެކު، މިއީ ހުރިހާ ދުވަހެއްގައިވެސް ކައިވެނިކޮށް ދޭން ފެމިލީ ކޯޓުން ނިންމި ފުރަތަމަ ފަހަރެވެ.
މިލިޔުން ކިޔާލުމުން
100 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
މިއަހަރުގެ ހުރިހާ ދުވަހެއްގައިވެސް ކައިވެނިކޮށްދޭން ފެމިލީ ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ