އިނގިރޭސިންގެ މަދަދާއި އެކު ދެކުނުގެ ހަތަރު އަތޮޅުގައި ހިންގި "ޔުނައިޓެޑް ސްވާދިބް ރިޕަބްލިކް" ގެ ވެރިކަމާއި ގުޅޭގޮތުން މަޝްހޫރު ލިއުންތެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު) ލިޔުއްވި ފޮތް "އައްޑޫ ރަދުން" މިރޭ ނެރެފިއެވެ.
މިރޭ ނޭޝަނަލް އާޓް ގެލަރީގައި އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއް "އައްޑޫ ރަދުން" ބެރެދެއްވީ ޒާހިރުއަށް ކާފަ ވިދާޅުވާ އަންހެން ދެ ބޭފުޅުންނެވެ.
ކުރިން ނެރުނު ހަފުތާ މަޖައްލާގައި ސީރީސްއެއްގެ ގޮތުގައި ރާޒިރު ލިއުއްވި ލިއުއްވުންތައް އެއްކޮށް އެއް ފޮތެއްގެ ގޮތުގައި ނެރުނު އިރު އެ ފޮތުގައިހުރި ވާހަކަ ތަކަކީ ދެކުނު ދައުލަތުގެ ރައީސް އަބްދުﷲ އަފީފް ދީދީ ދެއްވި އިންޓަވިއުތަކަށް ބިނާކޮށް ލިއުއްވާފައިވާ ލިއުންތަކެއް ކަމަށް ޒާހިރު ވިދާޅުވިއެވެ.
އަންނަ ހޮނިހިދު ދުވަހުން ފެށިގެން "އައްޑޫ ރަދުން" އަސްރަފީ ބުކްޝޮޕުން ލިބެން ހުންނާނެ އެވެ. ފޮތުގެ އަގަކީ 150 ރުފިޔާއެވެ.
ސީނާ އަހުމަދު ޒާހިރުގެ އައްޑޫ ރަދުން ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ