ގާސިމްގެ އަނބިކަނބަލުންގެ ކާމިޔާބާއި، ހިތްވަރަކީ އަންހެނުންނަށް ލިބުނު ބޮޑު ހިތްވަރެއް: މުހައްމަދު އަހުމަދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ކުރިމަތިލައްވާ ކާމިޔާބު ހޯއްދެވުމަކީ ޖުމްހޫރީ ޕާޓީގައި ތިބި އަންހެނުން ބޭފުޅުންނަށް ކުރިއަށްދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށް ޖުމްހޫރީ ޕާޓީގެ މެންބަރު އަދި ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަހުމަދު މަނިކު ވިދާޅުވެއްޖެއެވެ.
ގާސިމްގެ އަނބިކަނބަލުންނަށް މަރުހަބާ ކިޔާ މުހައްމަދު އަހުމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑާޝިޕަށް އިންތިޚާބުވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވާކަމަށެވެ.
ެއަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ޖޭޕީގެ ކައުންސިލަށް ކުރިމަތިލައްވާ، ހޯއްދެވި ކާމިޔާބީއަށް އެކަމަނާއަށް މަރުހަބާ ވިދާޅުވާކަމަށެވެ. މުހައްމަދު އަހުމަދު ވަނީ ޖޭޕީގެ ކައުންސިލަށް ކުރިމަތިލައްވާ ސިޔާސީ މައިދާނަށް އެކަމަނާ ނިކުންނެވުމަކީ ހިތްވަރުގަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އަދި ގާސިމް އިބްރާހިމްގެ އަނބިކަނބަލުންގެ އެ ނިންމެވުމުގެ ސަބަބުން ޖުމްހޫރީ ޕާޓީގައި ލީޑާޝީޕްގައި ތިއްބެވި އަންހެން ބޭފުޅުންނާއި، ޕާޓީގެ އަންހެން މެންބަރުންނަށް ކުރިއަށްދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ