މުސްލިމުންގެ ޙައްޤުގައި ސަރުކާރުން ބަސް ބުނުމަށް ރައްޔިތުން އުންމީދުކުރޭ: އާދަމް ޝަރީފު

މުސްލިމުންގެ ދިފާޢުގައި ބަސް ބުނުމަށް ދިވެހި ދައުލަތުގެ ކިބައިން ރައްޔިތުން އުންމީދުކުރާ ކަމުގައި ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފު މިފަދައިން ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓުވީޓެއްގައެވެ. އާދަމް ޝަރީފު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ސަރުކާރުން މުސްލިމުންގެ ދިފާޢުގައި ބަސް ބުނެފައިވާނެއެވެ. އަދި ރައީސް ޔާމީނުވަީ މުސްލިމުންގެ ދިފާޢުގައި ބަސްފުޅު ވިދާޅުވެފައި ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ. RY ge zaa'amathugai muslimunge dhifaaugai isve, bas vidhaalhui. Islaamee shareeaiy thanfeez kurevvumah iskan dhevvi. Miee baeh qaumuthakun beynunvi kameh noon. Inthihaabugai RY aa dhekolhah masakkaiy kuri.Muslimunge dhifaaugai haqqu bas bunumah Dhivehi rayyithun ummeedhu kurey.— Adam Shareef Umar (@Adamshareefz) May 24, 2020އޭގެ އިތުރަށް އާދަމް ޝަރީފު ފާހަގަކުރެއްވި ގޮތުގައި ރައީސް ޔާމީނުގެ ވެރިކަމުގައި އިސްލާމީ ޝަރީޢަތް ތަންފީޒުކުރެއްވުމަށް މަސައްކަތްކުރެއްވިއެވެ. ރައީސް ޔާމީންވަނީ އެމަނިކުފާނުގެ ވެރިކަމުގައި އިސްލާމީ ޝަރީޢަތް ތަންފީޒުކުރައްވައި މީހުން މަރާ މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރައްވާނެ ކަމުގައި ވަޢުދުވެވަޑައިގެންފައެވެ. މުސްލިމުންގެ ދިފާޢުގައި ބަސްފުޅު ވިދާޅުވުމާއި އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމަކީ ބައެއް ޤައުމުތަކުން ބޭނުންވި ކަމެއް ނޫން ކަމުގައި އާދަމް ޝަރީފު ވިދާޅުވިއެވެ. އެއީ ކޮން ޤައުމުތަކެއް ކަން ސާފުކޮށް އޭނާގެ ޓުވީޓުގައި ބަޔާންކުރައްވާފައިނުވެއެވެ. އާދަމް ޝަރީފު ފާހަގަކުރެއްވި ގޮތުގައި އިންތިޚާބުގައި ރައީސް ޔާމީނާ ދެކޮޅަށް އެޤައުމުތަކުންވަނީ މަސައްކަތްކޮށްފައެވެ. އާދަމް ޝަރީފުގެ ޓުވީޓު ނިންމަވައިލައްވަމުން ވިދާޅުވެފައިވަނީ ދިވެހި ސަރުކާރުން މުސްލިމުންގެ ދިފާޢުގައި ވާހަކަދެއްކުމަށް ދިވެހި ރައްޔިތުން އުންމީދުކުރާ ކަމުގައެވެ. އާދަމް ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ ދިވެހި ސަރުކާރުން އޯއައިސީ ބައްދަލުވުމެއްގައި އިންޑިޔާގައި މުސްލިމުންނަށް އަނިޔާކުރާތީ އެކަމާ ގުޅިގެން ޕާކިސްތާނުން ހުށަހެޅި ހުށަހެޅުމާ ދެކޮޅަށް އިންޑިޔާގެ ދިފާޢުގައި ވާހަކަދައްކާފައިވަނިކޮށެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ