އަބްދުﷲ ޝާހިދު ރައްޔިތުން މަޖިލީހުން އިސްތިއުފާ ދެއްވިއިރު ގައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއް ވިދާޅުވީ މެންބަރު ޝާހިދު 2008 އަކުން 2018 ގައި ޓްރާންސިޝަނަލް މަސައްކަތް ކޮށްދެއްވި ބޭފުޅެއް ކަމަށާއި، ރައްޔިތުން މަޖިލިސްގެ ރައީސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެއް ކަމަށެވެ.
ޝާހިދަކީ ނުހަނުގިނަ ޚިދުމަތް ރައްޔިތުންނާއި ދައުލަތަށް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅާގެ ޚިދުމަތް ރާއްޖެއަށް އަބަދު ވެސް ލިބޭނެކަން ޔަގީން ކުރައްވާ ކަމަށެވެ.
MP Abdulla Shahid Majlis in isthiufa dhevvi iru ebeyfulha 2008 aai 2018 ga transitional masakkaiy kohdhevvi.Adhi Majlis ge raees kamaa nuhanugina khidhmaiy rayyithunnaa dhaulathah kohdhevaafavey.Shahid ge khidhmaiy Raajje ah abadhuves libeynekan yaqeen.@abdulla_shahid ah marhaba
ޝާހިދު މަޖިލީހުން އިސްތިއުފާ ދެއްވީ 5 ދައުރުގެ ދައުރުގެ 25 އަހަރު ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށްފަހުއެވެ. ޝާހިދު ވަނީ މަޖިލީހުގެ ރައީސްކަމުގެ އިތުރުން ވ. އަތޮޅުގެ މަޖިލިސް މެންބަރުކަމާއި، ކެޔޮދޫ ދާއިރާގެ މަޖިލިސް މެންބަރުކަމާއި އަދި ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެންބަރު ކަން ކުރައްވާފަ އެވެ.
މީގެއިތުރުން މިހާރު އެކުލަވާލާފައިވާ ފެހި ގާނޫނުއަސާސީއާއި އޭގެ ކުރިން އަމަލުކުރަމުން ދިޔަ ނޫގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ވެސް އަބްދުﷲ ޝާހިދު ވަނީ މަސައްކަތް ކުރައްވާފަ އެވެ. މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު ޝާހިދު ފެނިވަޑައިގަންނަވާނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތެރެއިންނެވެ. ނަމަވެސް ފެނިވަޑައިގަންނަވާނީ ކޮން މަގާމަކުން ކަމެއް ހާމައެއް ނުކުރައްވައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަބްދުﷲ ޝާހިދު އަކީ ގައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ