އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އޭދަފުށީ ދާއިރާއިން އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓެއް ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީ ލޮޓަސް ބައިކް ޝޮޕްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓެ) ކާމިޔާބު ކުރައްވައިފި އެވެ.
މިއަދު މެންދުރު 2.30 ން ފެށިގެން މިރޭ 8:30 އަށް މާލެ އާއި އޭދަފުށީ ދާއިރާގެ ތިން ރަށެއްގައި ބޭއްވި އިންތިޚާބު އާއްޓެ ކާމިޔާބު ކުރެއްވީ 277 ވޯޓުންނެވެ. އޭނާ އާ ދެން އެންމެ ކައިރިން ވާދަ ކުރެއްވި ޔޫސުފް ގާސިމަށް ލިބިވަޑައިގެންނެވީ 136 ވޯޓެވެ. މަބްރޫކަށް ލިބިވަޑައިގެންނެވީ 118 ވޯޓެވެ.
އޭދަފުށީގައި ބެހެއްޓި ވޯޓް ފޮށިން އާއްޓެ 114 ވޯޓް ހޯއްދެވިއިރު، މަބްރޫކަށް ލިބުނީ 59 ވޯޓެވެ. އަދި ޔޫސުފް ގާސިމަށް ލިބިފައިވަނީ އެންމެ 3 ވޯޓެވެ.
މާޅޮހުގައި ބެހެއްޓި ވޯޓްފޮށިން އާއްޓެ 68 ވޯޓް ހޯއްދެވިއިރު، މަބްރޫކަށް އެ ރަށުން ލިބުނީ 9 ވޯޓެވެ. އަދި ޔޫސުފް ގާސިމަށް ލިބުނީ 16 ވޯޓެވެ.
ހިތާދޫގައި ބެހެއްޓި ވޯޓް ފޮށިން ޔޫސުފް ގާސިމް 78 ވޯޓް ހޯއްދެވިއިރު، އާއްޓެއަށް ލިބުނީ 34 ވޯޓެވެ. އެރަށުން މަބްރޫކަށް ލިބުނީ 8 ވޯޓެވެ.
މާލޭގައި ބެހެއްޓި ވޯޓް ފޮށިން އާއްޓޭ 61 ވޯޓް ހޯއްދެވިއިރު، މަބްރޫކަށް ލިބުނީ 42 ވޯޓެވެ. ޔޫސުފް ގާސިމަށް ލިބުނީ 39 ވޯޓެވެ.
އާރިފަކީ ވަރަށް ކުރިއްސުރެ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މަޝްހޫރު ވިޔަފާރިވެރިއެކެވެ
އޭދަފުށީ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ އާއްޓެ ކާމިޔާބު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ