ކެންދޫ ރައްޔިތުން، މެޑަމް ކުރައްވާ ޤައުމީ ޚިދުމަތަށް އައްސަރިބަހުން ސާބަސް ދަންނަވައިފި

މާޅޮސްމަޑުލު ދެކުނުބުރިއަށް މެޑަމް ފާތުން އެންމެ ގާތުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުގެ މެންދުރުގެ ވަގުތެއްގައި ކެންދޫ އަށް ވަޑައިގެންނެވިއިރު ރަށުގެ ކުދި ބޮޑު އެންމެން ކަހަލަ ގޮތަކަށް މެޑަމްއަށް މަރުޙަބާ ކިޔުމަށް ރަށުގެ ބަނދަރު ސަރަޙައްދަށް އެއްވެ ތިބިކަން ފާހަގަކޮށްލެވެއެވެ.
ކެންދޫ އަށް ވަޑައިގެން ވަޑައިގެން މެޑަމްވަނީ އެރަށްތަކުގެ އިސްރައްވެހިންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ޒުވާނުންނާއި އަދި ޕީޕީއެމްގެ ސަޕޯރޓަރުންނާވެސް މެޑަމް ފާތުން ބައްދަލުކުރެއްވިއެވެ.
ވަކިވަކިން ބޭއްވި މިބައްދަލުކުރެއްވުންތަކުގައި އަންހެން ކަނބަލުންނާއިވެސް މެޑަމް ފާތުން ބައްދަލުކުރައްފައިވެއެވެ. ހުރިހާ ބައްދަލުކުރެއްވުން ތަކެއްގައިވެސް ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މެޑަމް ފާހަގަވެގެންދަނީ ޚާއްޞަ އެހީ އަށް ބޭނުންވާ ފަރާތްތަކާ އަދި ކަނބަލުންނާ ވެސް ވަރަށް ގާތް ގުޅުމެއް ބާއްވަވާ ފަރސްޓް ލޭޑިއެއްގެ ގޮތުގައެވެ.
ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައި އެރަށުގެ ރައްޔިތުންވަނީ މެޑަމް ފާތުން ކުރައްވަމުން ގެންދަވަނީ ޤައުމީ ވަރުގަދަ ޖިޙާދެއް ކަމަށާ އެގޮތުގައި އެކަމަނާ ދެމިހުންނެވުމަށް އެދިލައްވާފައެވެ. އަދި އެކުރައްވާ މަތިވެރި ޤައުމީ ޚިދުމަތްތަކަށް އެކަމަނާއަށް އައްސަރިބަހުން ސާބަސް އެރަށުގެ ރައްޔިތުންވަނީ ދަންނަވާފައެވެ.
ބ.އަތޮޅަކީ އެމްޑީޕީ މެޖޯރިޓީ އޮންނަ އަތޮޅެއް ނަމަވެސް މެޑަމް ފާތުންގެ މި ދަތުރުފުޅުގައި މިހާތަނަށް ވަޑައިގެންނެވި ރަށްތަކުން އެކަމަނާއަށްވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މެޑަމް ކެންދޫއަށް ކުރައްވަން އޮތް ދަތުރު އިއްޔެ އަށް ޝެޑިއުލްކޮށްފައި، ލަސްކޮށްލަން ޖެހުނީ މޫސުން ތަން ނުދިނުމުގެ ސަބަބުންނެވެ.
ބ.އަތޮޅަށް މެޑަމް ފާތުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މޫސުމް ތަންދޭ ނަމަ މިއަދު ދެން އެކަމަނާ ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވަނީ ތުޅާދޫއަށެވެ.
އެންމެ ގާތުން ކެމްޕެއިންގެ ތެރެއިން މެޑަމް ބ.އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި އެ އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ހަަމޖެހިފައިޥާއިރު، މިހާރު އެކަމަނާވަނީ 5 ރަށަކަށް ޒިޔާރަތް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ