ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވެރިކަން ކުރާ ޕީޕީއެމުން ވަކިވެވަޑައިގެންފި އެވެ.
މި ދެ ބޭފުޅުން ޕީޕީއެމުން ވަކިވެވަޑައިގެން އެޕާޓީގެ ދަފްތަރުން ނަން އުނިކޮށް ދެއްވުން އެދިވަޑައިގެން މިއަދު ވަނީ ޕީޕީއެމްއަށް ސިޓީ ފޮނުއްވާފަ އެެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވި ޕީޕީއެމްގެ 10 މެންބަރުންގެ ތެރެއިން ތޯރިގުއާއި އަބްދުﷲގެ އިތުރުން އެހެން ބައެއް މެންބަރުން ވެސް މިހާރު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ. އެބޭފުޅުންނަކީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި، އިހަވްންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲއާއި ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ އިތުރުން ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ އެވެ.
މަސީހުގެ މައްސަލާގައި ސޮއި ކުރެއްވި ޕީޕީއެމްގެ މެންބަރުންގެ ތެރެއިން އެޕާޓީން ވަކިވެވަޑައިގެންފައި ނުވާ މެންބަރުންނަކީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު އާއި އިސްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އެވެ.
-- ތަފްސީލް އަންނަނީ --
މެންބަރު އަބްދުﷲ އާއި ތޯރިގު ވެސް ޕީޕީއެމުން ވަކިވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ