2018 ވަނަ އަހަރުގެ ކުރިން ފާރިސް މިނިވަން ވާނެ: ރައީސް މައުމޫނު

2018 ވަނަ އަހަރުގެ ކުރިން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މިނިވަންވެވަޑައިގަންނަ ވާނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މެލޭޝިޔާއަށް ރޭ ފުރާވަޑައިގެންނެވުމުގެ ކުރިން ރާއްޖެޓީވީއަށް ދެއްވި އިންޓިވިއު އެއްގައެވެ.
މި އިންޓަވިއުގައި ރައީސް މައުމޫނު ވިދާޅުވީ ފާރިސް ޖަލަށްލާފައި ވަނީ އެއްވެސް ކުށެއް ކޮށްގެން ނޫން ކަމަށާއި އަދި ޝަރުއީ ދާއިރާއިން އޭނާއަށް އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މިހާރު ފާރިސް ގޭބަންދަށް ބަދަލުކޮށްފައިވާއިރު ފާރިސް މައްޗަށް ތުހްމަތުކުރާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ ޝަރީއަތް އަދިވެސް ކުރިއަށް އެބަދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ