ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ފުލުހުންގެ ބެލުމުގެ ދަށުން މިރޭ ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު ދޫކޮށްލައިފިއެވެ.
ރިޔާޒު ފުލުސް އޮފީހަށް ހާޒިރުކުރީ ކޯޓް އަމުރެއްގެ ދަށުން ފުލުހުން ގޮސް ރިޔާޒުގެ ގެ ބަލާ ފާސްކުރުމަށްފަހުއެވެ.
ގެ ބަލާ ފާސްކުރުމުގެ އިތުރުން ރިޔާޒުގެ ފޯނުވެސް ފުލުހުންވަނީ އަތުލާފައެވެ. ކޯޓް އަމުރުގައިވަނީ 30 ދުވަސް ވަންދެން ފޯނާއި ސިމް ހިފެހެއްޓުމަށެވެ.
ރިޔާޒުގެ މައްޗަށް ތުހުމަތު ކުރާ މައްސަލައަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަ ދެއްކުމާއި، ފިތުނަ ފަސާދަ އުފެއްދުމާއި، ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ފުލުހުންގެ މުއައްސަސާ ބަދުނާމު ކުރުމެވެ.
ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލުމަށް ފަހު ރިޔާޒު ވިދާޅުވީ ފުލުހުންގެ އަމުރަށް ފޯނު ހަވާލުކޮށްފައިވާ ކަމަށާއި މިހާރު އެވީގޮތުން ރިޔާޒުގެ ދެ ފޯނު ފުލުހުންގެ އަތުގައިވާނެ ކަމުގައެވެ.
އަދި އެގޮތަށް ކަންކަން ކުރަމުން ގެންދަނީ ގަބޫލުކުރެވޭ ގޮތުގައި ފުލުހުންގެ އިންޓެލިޖެންސުން ރައީސް ޔާމީން ބޭނުންވާ މައުލޫމާތު ނުލިބޭތީ އެ މައުލޫމާތު އެންމެ ފަސޭހައިން ލިބޭނީ ރިޔާޒުގެ ފޯނުންކަމަށް ރައީސް ޔާމީނަށް ހީފުޅުވާތީ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
އަބްދުﷲ ރިޔާޒު ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ