ރާއްޖޭގެ ސިޔާސީ ސިޔާސީ މަސްރަހުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ލިބޭނީ ދެފަރާތުން މަޝްވަރާ ކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހީދު ވިދާޅުވީ ސިޔާސީ އިދިކޮޅުފަރާތްތަކާއި ސަރުކާރާ ދެމެދު މަޝްވަރާ ކުރެވިއްޖެ ކަމަށްވާނަމަ ހައްލުފެނުމަކީ ދުރުކަމެއް ނޫންކަމަށެވެ.
މިގޮތުން ދިމާވާ މައްސަލަތަކާއި ދެބަސްވުން ހައްލުކުރުމަށް އިސްލާމްދީންވެސް ދައްކައިދީފައިވާ މަގަކީ މަޝްަވަރާގެ މަގުކަމަށާއި މަޝްވަރާ ކުރުމުގެ ބަދަލުގައި ހަރުކަށީ އުސޫލު އިސްކޮށްގެން އެއްވެސް ކަމަކަށް ހައްލެއް ހޯދުމަކީ ފަަސޭހަކަމަކަށް ނުވާނެ ކަމަށްވެސް ޝާހީދު ވިދާޅުވިއެވެ.
ޖުލައި 24 ވަނަދުވަހު ރައްޔިތުންގެ މަޖިލިސް ކުރާގެއަށް ވަދެވަޑައިގެންނެވި މައްސަލާގައި ޝާހިދުވެސް ވަނީ ފުލުހަށް ހާޒިރު ކޮށްފައެވެ.
މަޝްވަރާކޮށްގެންނޫނީ ހައްލެއްނެތް: އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ