އީދު ފާހަގަ ކުރުމުގެ ގޮތުން ހެންވޭރުގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ސަގާފީ ހަރަކާތްތަކެއްގައި ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމާއި ރަނިންމޭޓު ޑރ. ހަސަން ސައީދު ބައިވެރިވެވަޑައިގެންފި އެވެ.
މަޖީދީމަގާއި ސޯސަން މަގު ގުޅުނު ހަތަރު އަނގޮޅިން ފެށި މި ހަރަކާތް ބައްލަވާލެއްވުމަށް ރިޔާސީ ކެންޑިޑޭޓު ގާސިމާއި ރަނިން މޭޓް ހަސަން ސައީދު ވަޑައިގެންފައިވަނީ ހިންގަވާފަ އެވެ.
އެ ބޭފުޅުން ފައިމަގުގައި އެ ސަރަހައްދަށް ވަޑައިގަތީ މިއަދު 4:00 އިން ފެށިގެން މިރޭގެ ދިހައެއް ޖެހުމާއި ހަމައަށް އޮތް ވަގުތަކީ ފައިމަގުގައި އުޅޭ ވަގުތު ކަމުގައި ކަނޑައަޅާޅަފައިވާތީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމުގެ ގޮތުންނެވެ.
ސަގާފީ އެ ހަރަކާތް ބައްލަވާލެއްވުމަށް ގާސިމާއި ހަސަން ވަޑައިގެންނެވިއިރު މަގުމަތިން ބައެއް އާއިލާތަކާއި ބައްދަލުކޮށް ސަލާމް ކުރައްވައި އީދު ދުވަހުގެ ތަހުނިޔާ ވިދާޅުވި އެވެ.
ހެންވޭރުގެ ޒުވާނުންގެ ސަގާފީ ހަރަކާތް ގާސިމް ބައްލަވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ