ކުޑަކަމުދާ ތަކެތި ދޭން އިންކާރުކުރި ތިން މީހަކު އެއް އަހަރަށް ޖަލަށް

ކުޑަކަމުދާ ތަކެތި ދޭން އިންކާރުކުރި ތިން މީހަކު އެއް އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ. މި ހުކުމް ކުރީ ޏ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުންނެވެ.
ޖަލު ހުކުމް އައީ ޏ. ފުވައްމުލައް، މާދަޑު، ކަރަންކާގެ، އަޙްމަދު ފަޒީލް 23، އާއި މާދަޑު، މަހީނާ، ސަމާމު އަޙްމަދު 18، އާއި މާދަޑު، މަހީނާ، މުޙައްމަދު ޢަރީޝް 26، ގެ މައްޗަށެވެ.
މި ތިން މީހުންގެ ތެރެއިން ފަޒީލްގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ސެޕްޓެމްބަރު 23، 2012 ގައި ފުވައްމުލަކު މަގުމަތީގައި ގުރޫޕް ހަދައިގެން އުޅެނިކޮށް އޭނާގެޢަމަލުތައް ހުރިގޮތުން މަސްތުގެ ހާލަތުގައި ހުރިކަމަށް ޝައްކުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކުޑަކަމުދާތަކެތި ދޭން ބުނުމުން ކުޑަކަމުދާތަކެތި ނުދިން މައްސަލައާ ގުޅިގެންނެވެ.
ސަމާމު އަޙްމަދާއި މުޙައްމަދު އަރީޝްގެ މައްޗަށް ޙުކުމްކޮށްފައިވަނީ ޖުލައި 6، 2012 ގައި އެ ދެ މީހުން ދިރިއުޅޭ ގޭގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދެ މީހުން ދިރިއުޅޭ ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ޕެކެޓާއި 115 ރަބަރު ހޮޅިކޮޅު ފެނުނު މައްސަލައާ ގުޅިގެން ކުޑަކަމުދާތަކެތި ދޭން ފުލުހުން ބުނުމުން ކުޑަކަމުދާތަކެތި ނުދިން މައްސަލައާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ