ހާބަރު ސަރަހައްދުން ފެނުނީ ބޮމެއް ނޫން: އުމަރު
05-11-2015 11:44 ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ހާބަރު ސަރަހައްދުން ފެނުނީ ބޮމެއް ނޫން ކަމަށް. އޭނާ ވިދާޅުވި ގޮތުގައި އެއީ ބޮމެއް ގޮތަށް ތައްޔާރުކޮށްފައި އޮތް އެއްޗެއް. 05-11-2015 11:36 ހާބަރު ސަރަހައްދުގައި ބޮމެއް އޮތް ކަމަށް ބެލެވޭތީ ސިފައިން މާލޭގައި ހަރަކާތްތެރިވަނީ.---ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން 05-11-2015 11:09 އެ ސަރަހައްދުން ބޮމެއް، ނުވަތަ ގޮވާ އެއްޗެއް ފެނުނު ކަން އަދި ކަށަވަރެއް ނޫން. ނޫސްވެރިން ބުނަނީ ބޮމް ސްކޮޑް އެތަނުން މިހާރު ހިނގައްޖެ ކަމަށާއި ބެލެވޭ ގޮތުގައި ނުރައްކާތެރި އެއްވެސް އެއްޗެއް ނުފެންނަ ކަމަށް. 05-11-2015 11:05 ހާބަރު ސަހަރައްދުގައި ސިފައިން ހަރަކާތްތެރި ވަނީ 05-11-2015 11:05 ހާބަރު ސަހަރައްދުގައި ސިފައިން ހަރަކާތްތެރި ވަނީ 05-11-2015 11:04 ހާބަރު ސަހަރައްދުގައި ސިފައިން ހަރަކާތްތެރި ވަނީ އާ ހާބަރު ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރެއްގެ ދަށުން ބޮމެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ސަލާމަތީ ބާރުތަކުން މީގެ އިރުކޮޅެއް ކުރިން ހަރަކާތްތެރިވާން ފަށައިފި އެވެ. އެ ސަރަހައްދުގައި ހުރި "ހަވީރު"ގެ ނޫސްވެރިއަކު ބުނީ ބޮން ފެނުނު ކަމަށް ބެލެވެނީ ވިލިމާލެ ފެރީ ޓާމިނަލާއި އަމީނީމަގާ ދިމާއަށް ވާ ގޮތަށް ހުރި ހާބަރު ކަޑަތައް ކައިރީގައި އޮތް ބައުޒަރެއްގެ ދަށުންނެވެ. އެ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފަ އެވެ. އެ ސަރަހައްދުގައި ސިގްނަލް ބްލޮކް ކުރާ ޖޭމާއެއް ވެސް އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ